ހދ. ކުޅުދުއްފުށި ސިޓީ
|
2 ފެބްރުއަރީ 2022 | ބުދަ 11:51
ސްޓެލްކޯއިން ކ.ގުޅީގައި ނަރުދަމާގެ ޚިދުމަތް ދޭން ފެށުން
ސްޓެލްކޯއިން ކ.ގުޅީގައި ނަރުދަމާގެ ޚިދުމަތް ދޭން ފެށުން
ސްޓެލްކޯ
ގުޅީގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފެށުން
ސްޓެލްކޯއިން ގުޅީގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭން ފަށައިފި
ފެނުގެ ޚިދުމަތް ދިނުމަށްޓަކައި، 40 ޓަނުގެ 2 އާރުއޯ ޕްލާންޓާއި، ވާރޭފެން ޓްރީޓްމަންޓް 1 ޕްލާންޓްގެ އިތުރުން ފެން ރައްކާކުރުމަށް 200 ޓަނުގެ 3 ތާންގީ ވަނީ ބެހެއްޓިފައި
ފެނާއި ނަރުދަމާގެ ޚިދުމަތް ފަށައިގަނެވޭއިރު، ފެނަށް 181 ކަނެކްޝަން އަދި ނަރުދަމާގެ ޚިދުމަތް ހޯދުމަށް 175 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފައި

ސަރުކާރުން ކ. ގުޅީގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓޭލްކޯ) އިން ރަސްމީކޮށް ހަވާލުވެ، ޚިދުމަތްދޭން ފަށައިފިއެވެ.

އެރަށު ފެނައި ނަރުދަމާގެ މަޝްރޫރު ސްޓެލްކޯއާއި ހަވާލުކޮށްފައިވަނީ އަންގާރަ ދުވަހު ގުޅީ ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. މިރަސްމިއްޔާތުަގައި ސްޓޭލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރާއި ކުންފުނީގެ ބައެއް ބޯޑް މެންބަރުންނާއި އިސްވެރީންގެ އިތުރުން ގުޅީ ކައުންސިލުގެ މެންބަރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެންވަޔަރަމެންޓް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ އެމްޑީ މުޣުނީ ވިދާޅުވީ މިއީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމަށް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން މި ސަރުކާރުން ފެނާއި ނަރުދަމާގެ ޚިދުމަތް އެންމެ ފުރަތަމަ ފަށައިގަނެވޭ ރަށް ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރެވުނު މަސައްކަތުގެ ދަށުން މިޚިދުމަތް ގުޅީ ރައްޔިތުންނަށް ލިބިގެން ދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި އެހާމެ މުހިންމު އަސާސީ ދެ ޚިދުމަތެއްކަން މުޣުނީ ވަނީ ފާހަގަ ކުރައްވާފައެވެ.

ގުޅީގައި ސްޓެލްކޯއިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ޚިދުމަތް ދެމުންދާއިރު، ފެނުގެ ޚިދުމަތް ދިނުމަށްޓަކައި، 40 ޓަނުގެ 2 އާރުއޯ ޕްލާންޓާއި، ވާރޭފެން ޓްރީޓްމަންޓް 1 ޕްލާންޓްގެ އިތުރުން ފެން ރައްކާކުރުމަށް 200 ޓަނުގެ 3 ތާންގީ ވަނީ ބެހެއްޓިފަ އެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ފަށައިގަނެވޭއިރު، ފެނަށް 181 ކަނެކްޝަން އަދި ނަރުދަމާގެ ޚިދުމަތް ހޯދުމަށް 175 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

- ކޮމެންޓް