ކ. މާލެ
|
2 ޖޫން 2017 | ހުކުރު 16:13
ކުރު ފިލްމު ފެސްޓިވަލްގައި ހިމެނޭ ޖަޖުންނާއެކީ ސޮއިކުރުމަށް ބޭއވި ރަސްމިއްޔާތު
ކުރު ފިލްމު ފެސްޓިވަލްގައި ހިމެނޭ ޖަޖުންނާއެކީ ސޮއިކުރުމަށް ބޭއވި ރަސްމިއްޔާތު
ރާއްޖެއެމްވީ
ކުރު ފިލްމު ފެސްޓިވަލް
ރާއްޖެޓީވީގެ "ކުރުފިލްމު މުބާރާތް 2017" މިރޭ ދައްކަން ފަށަނީ
އެއްވަނައަށް ހުށައަޅާފައިވާ އިނާމަކީ 50،000 ރުފިޔާ
މެއިން ސްޕޮންސަރ: ދިރާގު، ކޯސްޕޮންސަރ: ބްރަދަރހޫޑް އިންވެސްޓްމަންޓް، ޕްރިންޓިން ޕާޓްނަރ: އެމްއެކްސް ޕްރިންޓްންސް 

ރޯދަ މަހަށް ޚާއްސަކޮށްގެން ރާއްޖެޓީވީން ފަށާ "ކުރު ފިލްމު މުބާރާތް 2017" މިރޭ ދައްކަން ފަށާނެއެވެ.

ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް ވިދާޅުވީ ކުރު ފިލްމު މުބާރާތް ރާއްޖެޓީވީން ދައްކާނީ ހުކުރުދުވަހުގެރޭ 09:30 ގައި ކަމަށެވެ.  

ކުރު ފިލްމް މުބާރާތަށް ހުޅުވާލުމާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 10 ފިލްމްކަށް މި މުބާރާތުގައި އިންސާފުކުރަނެއެވެ. މި މުބާރާތުގެ ވަނަތައް ހޮވުމުގައި ބަލާނީ ފަނޑިޔާރުންގެ 60 ޕަސެންޓް މާކްސް އާއި ބެލުންތެރިންގެ އެސްއެމްއެސްގެ ވޯޓިންގެ 20 ޕަސެންޓް އަދި ރާއްޖެ އެމްވީގެ ކިޔުންތެރިންގެ ރޭޓިންގެ 20 ޕަސެންޓެވެ. ޝޯގެ ފުރަތަމަ އެޕިސޯޑާއެކު ފިލްމްތައް ރޭޓްކުރުމަށް ހުޅުވާލާއިރު ފުރަތަމަ އެޕިސޯޑްގައި ދައްކާ ތިން ފިލްމް ރާއްޖެ.އެމްވީ ގެ ވެބްސައިޓްގައި ކިޔުންތެރިންނަށް ރޭޓްކުރުމަށް ހުޅުވާލެވޭނެއެވެ. މި މުބާރާތުގެ ހަތަރު އެޕިސޯޑް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކުރު ފިލްމު މުބާރާތުގައި ހޮވާ މަގާމުތަކުގެ ތެރޭގައި ހިމެނެނީ ބެސްޓް ފިލްމު، ބެސްޓް ޑައިރެކްޓަރ،ބެސްޓް ސިނޮމެޓެގްރަފަރ، ބެސްޓް އެޑިޓަރ،ބެސްޓް ސައުންޑް، ބެސްޓް ސްކްރީން ޕްލޭ އެވެ. މިމަގާމުތައް ހޮވާނީ ފަނޑިޔާރުންނެވެ. މީގެ އިތުރުން ބެލުންތެރިންގެ އެންމެ މަގުބޫލު ކުރު ފިލްމު ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބެލުން ތެރިން އެސްއެމްއެސް ކޮއްގެން ހޮވާ މަގާމެކެވެ.

އެއްވަނައަށް ހޮވޭ ކުރު ފިލްމަށް ހުށައަޅާފައިވާ އިނާމަކީ 50،000ރ. އެވެ.

މި މުބާރާތުގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ އެންމެ ފަހުން ބޭއްވި ޤައުމީ ފިލްމު އެވޯޑްގައި ޖަޖްކޮށްފައިވާ މުހައްމަދު ޝަރީފް (ބާރު ޝަރީފް) އާއި މަޝްހޫރު މިއުޒީޝަން އައްޔުމަން ޝަރީފާއި، ޑައިރެކްޓަރ އަދި ކްރިއޯގްރާފަރ ރަވީ ފާރޫގްގެ ދިވެހި ފިލްމީ ދާއިރާއިން ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހާސިލްކޮށްފައިވާ އަމްޖަދު އިބްރާހީމެވެ.

މި ޕްރޮގްރާމްގެ މެއިން ސްޕޮންސަރަކީ ދިރާގެވެ. ކޯ ސްޕޮންސަރަކީ ބްރަދަރހޫޑް އިންވެސްޓްމަންޓްއެވެ. ޕްރިންޓިން ޕާޓްނަރަކީ އެމްއެކްސް ޕްރިންޓްންސްއެވެ. 

- ކޮމެންޓް