Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2022 | އަންގާރަ 09:49
ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
އެމްޓީސީސީ
ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުން
ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމުމަކާއި ގާތަށް
މިއީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެއް
މިމަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި

ރ.ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢޫގެ މަސައްކަތްތަކުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނި ގޮތުގައި މިމަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައިއެވެ. އެގޮތުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 29 ޖެނުއަރީ 2022 ވަނަ ދުވަހު ނިމިފައިވާކަމަށާއި ބޭރުތޮށި ލުމުގެ މަސައްކަތުގެ 82 އިންސައްތަ ނިމިފައިކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 69 އިންސައްތަވެސް ނިމިފައިކަމަށް އެކުންފުނިން ބުނެއެވެ.

Advertisement

މި މަޝްރޫޢުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް