ކ. މާލެ
|
1 ފެބްރުއަރީ 2022 | އަންގާރަ 01:38
ކުޅުދުއްފުށީގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން
ކުޅުދުއްފުށީގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއެމްވީ
ކޮވިޑް-19 ވެކްސިންގެ ހާލަތު
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 72،825 އަށް
ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،615 އަށް އަރާފައި
ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 369،820 އަށް އަރާފައި

ރާއްޖެއިން ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 72،825 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު 2601 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. މީގެތެރެއިން މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 927 މީހުންނެވެ. އަތޮޅުތަކުން 1674 މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވެއެވެ.

ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް 29 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 24 މީހުންނާއި އަތޮޅުތަކުން 5 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،615 އަށް އަރާފައެވެ.

ދެވަނަ ޑޯޒް ޖަހާފައިވަނީ 104 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 69 މީހުންނާއި އަތޮޅުތަކުން 35 މީހުންނެވެ. މިއާއެކު ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 369،820 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ޖަހަން ފަށާފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މިހާރު ރާއްޖޭގައި އަންނަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ދެމުންނެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ގިނަ މަސައްކަތްތައް ކުރަމުންދާއިރު، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކުން ލަސްނުކޮށް ވެކްސިން ފުރިހަމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

- ކޮމެންޓް