ކ. މާލެ
|
31 ޖެނުއަރީ 2022 | ހޯމަ 13:46
ދިރާގު
ދިރާގު
ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯރކް
ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯރކްގެ އެވޯޑު ދިރާގަށް
މިއީ ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނިކަމަށްވާ "އޫކްލާ" އިން ދީފައިވާ އެވޯޑެއް
ދިރާގުން ވަނީ ރާއްޖޭގެ ވަރަށް ބޮޑު ސަރަހައްދަކަށް 100 އިންސައްތައަށް 3ޖީ އަދި 4ޖީ މޮބައިލް ކަވަރޭޖް ފޯރުކޮށްދީފައި
ދިރާގުން ވަނީ މިދިޔަ އަހަރު މަސައްކަތުގެ ކުރިއެރުންތަކެއް ދައްކުވާފައި

ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނިކަމަށްވާ "އޫކްލާ" އިން ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯރކްގެ އެވޯޑު ދިރާގަށް ދީފިއެވެ.

އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރީޕޯޓުން ދައްކާގޮތުގައި ދިރާގުން ވަނީ އެންމެ ހަލުވި އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑް ހޯދައި ރައްޖޭގެ މޮބައިލް މާކެޓް ލީޑަރުގެ މަގާމު ހޯދާފައެވެ. ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް އަދި މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން ދިރާގުންވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތައް އަދި ސިނާއީ މަސައްކަތްކުރާ ހުރިހާ ހިސާބުތަކަކަށް 100 އިންސައްތައަށް 3ޖީ އަދި 4ޖީ މޮބައިލް ކަވަރޭޖް ފޯރުކޮށްދީފައެވެ.

މި އެވޯޑަކީ ދިރާގުން ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް "ޑިޖިޓަލް ރާއްޖެ“ އަކަށް ތައްޔާރުވުމަށް ހިތްވަރުދީ ބާރުވެރިކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ ހެއްކެއް ކަމަށް ދިރާގުން ބުނެއެވެ.

އޫކްލާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވި ގޮތުގައި ސްޕީޑް ޓެސްޓު އެވޯޑްގެ ބައިވެރިންނަކީ ނެޓްވޯރކް އޮޕަރޭޓަރުންގެ ތެރެއިނެ ހޮވާލެވޭ އެލީޓް ޑެލިގޭޝަންސް ތަކެއްކަމުގައެވެ. އަދި މި އެވޯޑް ލިބޭ ފަރާތްތަކަކީ އެ މާކެޓެއް ލީޑްކޮށް ނަގާކިޔޭވަރުގެ އިންޓަނެޓް ޚިދުމަތެއް ފޯރުކޮށްދެމުންދާ ފަރާތްތަކެކެވެ. އެގޮތުން ދިރާގުންވަނީ 2021 ވަނަ އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރގައި ވަރުގަދަ ޕަރފޯމަންސްއެއް ދައްކުވައިދީ އަދި ކަސްޓަމަރުން ހަދާފައިވައި ސްޕީޑް ޓެސްޓުތަކުގެ ނަތީޖާއިންވެސް ލީޑް ނަގާފައެވެ.

މިކަމާއި ގުޅޭގޮތުން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ އޫކްލާ ފަދަ ބައިނަލްއަގްވާމީ މިނިވަން މުވައްސަސާއަކުން މި ޝަރަފުވެރި އެވޯޑް ލިބުމަކީ ދިރާގަށް ލިބުނު ވަރަށްބޮޑު ޝަރަފެއްކަމަށާއި އަދި ދިރާގުގެ ކަސްޓަމަރުންނަށް ލިބުނު އިތުރު ހިތްހަމަޖެހުމެއްކަމަށެވެ. އަދި މިއީ ދިރާގުގެ ހީވާގި މުވައްޒިފުން ޚިދުމަތްތަށް އެންމެ މަތީ ފެންވަރުގައި ބެހެއްޓުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާކަމަށްވެސް ރަޝީދު ފާހަގަކުރެއްވިއެވެ.

ދިރާގުން ބުނީ އެ ކުންފުންޏަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމައު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

- ކޮމެންޓް