ކ. މާލެ
|
2 ޖޫން 2017 | ހުކުރު 06:44
މެނީލާގެ ހޮޓަލަކަށް ދިން ހަމަލާގައި ޒަޚަމްވި މީހަކު ގެންދަނީ
މެނީލާގެ ހޮޓަލަކަށް ދިން ހަމަލާގައި ޒަޚަމްވި މީހަކު ގެންދަނީ
ޑެއިލީ މެއިލް
އައިއެސް
މެނީލާގެ ހޮޓަލަކަށް ބަޑީގެ ހަމަލާއެއް ދީފި
ގިނަ ފަތުރުވެރިންތަކެއް ވަނީ ޒަޚަމްވެފައި

ފިލިޕީންސްގެ މެނީލާގެ އެއަރޕޯޓް ކައިރީގައި ހުންނަ ފަތުރުވެރިން ތިބޭ ރިސޯޓް ހޮޓަލަކަށް އައިސްގެ ހަތިޔާރު އެޅި މީހަކު ދިން ބަޑީގެ ހަމަލާތަކެއްގައި އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

މި ހަމަލާ ދޭން ފަށާފައި ވަނީ އެޤައުމުގެ ޕަސޭ ސިޓީގައި ހުންނަ މަޝްހޫރު ހޮޓަލެއް ކަމުގައިވާ "ރިސޯޓް ވޯލްޑް މެނީލާ" އިންނެވެ.

މަންޒަރު ދުށް މީހަކު ބުނެފައިވާ ގޮތުގައި މެންދަމުގެ ވަގުތެއްގައި މިހަމަލާ ދިނުމާ އެކު އެތާ އެތެރެއިން ލެއިން ތަތްތެޅިފައިވާ ފަތުރުވެރިން ނެރެމުންދާ މަންޒަރު ފެނިފައިވާ ކަމަށެވެ. މޫނު ނިވާކޮށްގެން ހުރި މީހަކު އެހޮޓަލުގެ ދެވަނަ ބުރިން ފެނުނު ކަމަށާއި އޭނާގެ އަތުގައި އޮތް ބަޑިން ފަތުރުވެރިންނަށާއި އެހޮޓަލުގެ މުވައްޒަފުންނާ ހަމަލާ ދެމުން ދިޔަ ކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިން ސަލާމަތައް އެދި ދުވަމުންދާ މަންޒަރުތައް ވަނީ ސޯޝަލް މީޑިޔާގައި ފެތުރިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް