ކ. މާލެ
|
30 ޖެނުއަރީ 2022 | އާދީއްތަ 01:47
ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިންގެ ހާލަތު
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 66،367 އަށް
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،532 އަށް އަރާފައި
ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 369،655 އަށް އަރާފައި

ރާއްޖޭގައި ބޫސްޓަރ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 66،367 އަށް އަރައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ވެކްސިންގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހުގެ 27 ވީ ބުރާސްފަތި ދުވަހު 3965 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 2464 މީހުންނާއި އަތޮޅުތަކުން 1501 މީހުންނެވެ. މީގެއިތުރުން ބުރާސްފަތި ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް 28 މީހަކު ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 22 މީހުންނާއި އަތޮޅުތަކުން 6 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،532 އަށް އަރާފައެވެ.

ދެވަނަ ޑޯޒް ޖަހާފައިވަނީ 104 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 78 މީހުންނާއި އަތޮޅުތަކުން 26 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 369،655 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މިހާރު ރާއްޖޭގައި އަންނަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ދެމުންނެވެ.

- ކޮމެންޓް