ކ. މާލެ
|
30 ޖެނުއަރީ 2022 | އާދީއްތަ 01:43
ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
އަތޮޅުތަކުން ޕޮޒިޓިވްވި 994 މީހުންނާއެކު އިތުރު 2689 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 133،288 އަށް އަރާފައި
1296 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުން
478 މީހަކު ޕޮޒިޓިވްވި ތަނެއް ދެނެގަނެވިފައި ނުވޭ

ރާއްޖެއިން އިތުރު 2689 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު 7013 ސާމްޕަލެއް ޓެސްޓްކޮށްފައިވެއެވެ. އޭގެ ތެރެއިން 3445 ސާމްޕަލް ޓެސްޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. މީގެތެރެއިން 1296 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް މިއާއެކު ވަނީ 38 އިންސައްތައަށް ޖެހިލާފައެވެ. އޭގެކުރީ 24 ގަޑިއިރު މާލޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 36 އިންސައްތައިގައެވެ. ބާކީ 3568 ތެރެއިން އަތޮޅުތަކުން 994 މީހުން ޕޮޒިޓިވްވިއިރު ހިނގަމުންދާ ރިސޯޓްތަކުން 20 މީހުން ޕޮޒިޓިވްވިއެވެ. 379 މީހަކު ޕޮޒިޓިވްވި ތަނެއް ދެނެގަނެވިފައިނުވެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 133،288 އަށް އަރާފައެވެ. މީގެތެރެއިން 115،269 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 17،732 ކޭސް ގުނަމުން އަންނައިރު 53 މީހުންނަށް އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. 274 މީހަކު ރާއްޖޭގައި ވަނީ މިބަލީގައި ނިޔާވެފައެވެ.

ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ކޮންމެ ދުވަހަކުހެން 2000 އިން މަތިން ރިޕޯޓްކުރަމުންނެވެ. އެގޮތުން ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު 2137 މީހުން ކޮވިޑަށް ޕޮޒިޓިވްވިރު 20 ވަނަ ދުވަހު 2199 މީހުން ޕޮޒިޓިވްވިއެވެ. 21 ވަނަ ދުވަހު އެއަދަދު ވަނީ 1697 އަށް ތިރިވެފައެވެ. ޖެހިގެން އައި 22 ވަނަ ދުވަހު 2349 މީހުން ޕޮޒިޓިވްވިރު 23 ވަނަ ދުވަހު 2484 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ޖެނުއަރީ 24 ވަނަ ދުވަހު އެއަދަދު ވަނީ 2707 އަށް މައްޗަށް ޖެހިފައެވެ. 25 ވަނަ ދުވަހު 2609 މީހުން ޕޮޒިޓިވްވިއިރު 26 ވަނަ ދުވަހު ޕޮޒިޓިވްވީ 2813 މީހުންނެވެ. 27 ވަނަ ދުވަހު 2499 މީހުން ޕޮޒިޓިވްވިއިރު 28 ވަނަ ދުވަހު 2510 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ.

ރާއްޖޭގައި ކޮވިޑްގެ ނަންބަރުތައް މައްޗަށް ދާން ފަށާފައިވާއިރު އެޗްޕީއޭއިން ބުނެފައިވަނީ ފިޔަވަޅުތައް ވަރުގަދަކުރަން ވިސްނާފައި ނުވާކަމަށެވެ.

- ކޮމެންޓް