ކ. މާލެ
|
28 ޖެނުއަރީ 2022 | ހުކުރު 08:33
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ނައްތާލަނީ
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ނައްތާލަނީ
ކަސްޓަމްސް
ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލުން
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ތަކެތި ނައްތާލައިފި
ނައްތާލިތަކެތީގެ ތެރޭގައި 248 ބަނގުރާފުޅި، 4133 ބަނގުރާ އެކުލެވޭ ބިޔަރު-ދަޅު ހިމެނޭ
މިތަކެތި ނައްތާލާފައިވަނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން

ކަސްޓަމްސްއިން ގިނަ އަދަދެއްގެ ބަނގުރާފުޅިއާއި ބަނގުރާ އެކުލެވޭ ބިޔަރު ދަޅު ނައްތާލައިފިއެވެ.

ކަސްޓަމްސްއިން ބުނީ ނައްތާލެވުނު ތަކެތީގެ ތެރޭގައި ބަނގުރަލާއި ބިޔަރާއި، ސިނގިރޭޓުގެ އިތުރުން ތަފާތު އެކި ބާވަތުގެ ތަކެތި ހިމެނޭ ކަމަށެވެ. ނައްތާލިތަކެތީގެ ތެރޭގައި ހިމެނެނީ 248 ބަނގުރާފުޅި، 4133 ބަނގުރާ އެކުލެވޭ ބިޔަރު-ދަޅު، 6015 ޓޮބޭކޯ، 21346 ކޮންފެކްޝަނަރީ، 123 ސައިފަތް، 21 ފެޝަން އެސެސަރީޒް، 543 ކޮސްމެޓިކްސް 103 ޓޮއިލެޓްރީސް އަދި 15 އެހެނިހެން އާލަތްތަކެވެ.

26 ޖަނަވަރީ 2022 ވަނަ ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި މިތަކެތި ނައްތާލާފައިވަނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުންނެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.

- ކޮމެންޓް