ކ. މާލެ
|
27 ޖެނުއަރީ 2022 | ބުރާސްފަތި 00:43
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން
58،936 މީހުން ބޫސްޓަރ ޑޯޒް ޖަހައިފި
ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،483ށް އަރާފައި
ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 369،424ށް އަރާފައި

ރާއްޖޭގައި 58،936 މީހުން ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ އަންގާރަ ދުވަހު 3324 މީހުން ބޫސްޓަރ ޑޯޒް ޖަހާފަައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 2082 މީހުންނާއި އަތޮޅުތަކުން 1242 މީހުންނެވެ.

އަންގާރަ ދުވަހު 26 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 17 މީހުންނާއި އަތޮޅުތަކުން 9 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،483ށް އަރާފައެވެ.

އަންގާރަ ދުވަހު 87 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 70 މީހުންނާއި އަތޮޅުތަކުން 17 މީހުންނެވެ. މިއާއެކު ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 369،424ށް އަރާފައެވެ.

ރާއްޖޭގައި މިހާރު އާންމުކޮށް ހުޅުވާލައިގެން ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ދޭން ވަނީ ފަށާފައެވެ. ކޮވިޑް-19 ވެކްސިންގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 6 މަސް ފުރިހަމަ ވެފައިވާ, 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން އަންނަނީ ޖަހަމުންނެވެ.

އެޗްޕީއޭއިން ބުނީ ބޫސްޓަރ ޑޯޒް ޖެހުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށެވެ. އަދި ވެކްސިން ޖަހަން ދާއިރު އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ނެތުމާއި، ކަރަންޓީންގައި ހުރި މީހަކަށް ނުވުމާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން ދެއްކޭނެ ހެދުމެއް ލުމަށާއި، ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް އެދިފައެވެ. އަދި ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ރާއްޖޭގައި ކުރިއަށްދާ ވެކްސިނޭޝަން ކެމްޕެއިނުގެ ތެރެއިން ޖުމްލަ 194 ވެކްސިނޭޝަން ސެންޓަރެއް މިހާރުވަނީ ގާއިމުކޮށްފައެވެ. އެއީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ 9 ސެންޓަރާއި، އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 185 ސެންޓަރެވެ.

- ކޮމެންޓް