Advertisement
ކ. މާލެ
|
25 ޖެނުއަރީ 2022 | އަންގާރަ 22:44
ކޮވިޑުގައި ނިޔާވާ މީހުން ވަޅުމަށް ޚާއްސަ ކުރެވިފައިވާ ހުޅުމާލެ ސަހަރާ
ކޮވިޑުގައި ނިޔާވާ މީހުން ވަޅުމަށް ޚާއްސަ ކުރެވިފައިވާ ހުޅުމާލެ ސަހަރާ
ރާއްޖެއެމްވީ
ކޮވިޑް ބަލީގައި މީހަކު ނިޔާވުން
ކޮވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ
ނިޔާވީ 80 އަހަރުގެ ފިރިހެނެއް
މިއާއެކު ކޮވިޑް-19 ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 271އަށް އަރާފައި
އެއީ ޏ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް

ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ޏ. ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ހޯމަ ދުވަހު ނިޔާވެފައިވާ ކަމަށެވެ. އެއީ 80 އަހަރުގެ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement

މިއާއެކު ކޮވިޑް-19 ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 271އަށް އަރާފައެވެ.

ހޯމަ ދުވަހު އިތުރު މީހަކު ނިޔާވެފައިވާއިރު، މިމަހުގެ 23ވީ އާދިއްތަ ދުވަހުގެ މެންދަމު 03:01ގައި ވެސް، ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދިޔަ 42 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައިވެއެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ވަނީ އަނެއްކާވެސް ގޯސްވާން ފަށާފައެވެ. އެގޮތުން އެކްޓިވް ކޭސްތަކުގެ އަދަދު މަތިވެ، ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވާން ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް