Advertisement
ކ. މާލެ
|
25 ޖެނުއަރީ 2022 | އަންގާރަ 14:43
ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓެއްގެ ބައިވެރިންނަށް އެމްއައިޓީޑީސީން މަރުހަބާ ކިޔުން
ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓެއްގެ ބައިވެރިންނަށް އެމްއައިޓީޑީސީން މަރުހަބާ ކިޔުން
އެމްއައިޓީޑީސީ
ސަވާދީއްތަ ދަތުރު
ޔޮޓް ރެލީގެ މަގްސަދަކީ ފަތުރުވެރިކަމަށް އައު ކަންތައްތައް ތައާރަފްކުރުން
ދަތުރުގެ ތެރެއިން 50 އަށްވުރެ ގިނަ ހަރަކާތް ހިންގުމަށް ހަމަޖެހިފައިވޭ
ފަޅުރަށްތައްވެސް ހިމެނޭހެން 15 ރަށެއްގައި މަޑު ކުރުމަށް ނިންމާފައިވޭ
ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރެލީއެއް

ރާއްޖޭގައި ބާއްވާ ފުރަތަމަ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު"ގެ އެންމެ ބޮޑު ބޭނުމަކީ ފަތުރުވެރިކަމަށް އައު ކަންތައްތަކެއް ތައާރަފްކޮށް ރާއްޖޭގެ މުއްސަނދިކަން އިޝްތިހާރު ކުރުން ކަމަށް މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ރާއިދު ވިދާޅުވީ، އަންނަ މަހުގެ 5ވަނަ ދުވަހު ހޯރަފުށިން ދަތުރު ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިހާރުވެސް ރާއްޖެއިން ބޭރުގެ 7 ޔޮޓް މިކަމަށް ތައްޔާރުވެފައި އޮތް ކަމަށެވެ. އަދި އިތުރު ބައެއް ޔޮޓްތައް ރާއްޖެއަށް ދަތުރު ކުރަމުން އަންނަ ކަމަށާއި، އުންމީދަނީ 10ވަރަކަށް ޔޮޓާއެކު ދަތުރު ފެށުން ކަމަށެވެ. ފަޅުރަށްތައްވެސް ހިމެނޭހެން 15 ރަށެއްގައި މަޑު ކުރުމަށް ނިންމާފައިވާއިރު ދަތުރުގެ ފަހު މަންޒިލަކީ، ފަރި މޯލްޑިވްސްއެވެ. ނިންމުމުގެ ގޮތުން ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ބާއްވާ ގާލާ ނައިޓް އޮންނާނީ އެތަނުގައި ކަމަށް ރާއިދު ވިދާޅުވިއެވެ.

ދަތުރަށް ތައްޔާރުވަމުން އަންނައިރު މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދަތުރު ކުރުމަށް ނިންމާފައިވާ 3 ރަށެއް މޮނިޓަރިންގ ގައި އޮތުން ކަން ރާއިދު ފާހަގަކުރެއްވިއެވެ. އެއީ އިހަވަންދޫ، ނޮޅިވަރަންފަރު އަދި ކުޅުދުއްފުށްޓެވެ. ރާއިދު ވިދާޅުވީ، ކޮވިޑްގެ ހާލަތަށް ބަަލައި އަޅާ ފިޔަވަޅުތަކަށް ބަލައި ދަތުރު ލަސް ނުކުރެވޭނެ ކަމަށާއި، ޖެހޭނީ ކެންސަލް ކޮށްލަން ކަމަށެވެ. އެހެންނަމަވެސް އުންމީދަކީ ދަތުރު ފެށުން ކަމަށެވެ.

ރާއިދު ވިދާޅުވީ، މިފަދަ ދަތުރެއްގެ ޚިޔާލު އައީ މުލިއާގެއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުން ކަމަށެވެ. ސަގާފީ ފަތުރުވެރިކަން ފުޅާކޮށް ފަތުރުވެރިކަން ސިދަފާތު ކުރަންޖެހޭ ކަމަށް ވިދާޅުވެ އެމަނިކުފާނު އެދުވަހުވަނީ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement

ދަތުރުގެ ތެރެއިން 50 އަށްވުރެ ގިނަ ހަރަކާތް ހިންގުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުގައި ރާއްޖޭގެ މަޝްހޫރު އެތަށް ތާރީޚީ ބިނާތަކާއި، ދިވެހިންގެ ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރީތި ކަނޑުއަޑީގެ މަންޒަރު ބަލާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރެލީއެކެވެ. އެމްއައިޓީޑީސީގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ގަސްތުކޮށްފައިވަނީ ލޯކަލް ޓޫރިޒަމް، ހެރިޓޭޖް ޓޫރިޒަމް އަދި ރޫރަލް ޓޫރިޒަމް ހިމެނޭ ގޮތުންނެވެ.

މިދަތުރަށް "ސަވާދީއްތަ ދަތުރު" ގެ ނަން ދެވިފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ބަތަލު، އައްސުލްތާނު ޣާޒީ މުޙައްމަދު ތަކުރުފާނު އަލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނާ ގުޅުވައިގެންނެވެ. ގެ ދިރިއުޅުއްވުމާއި، އެމަނިކުފާނުގެ ޖިހާދާއި ގުޅުންހުރި ކަންތައްތަކަ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް