ކ. މާލެ
|
25 ޖެނުއަރީ 2022 | އަންގާރަ 01:24
އައްޑޫގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމުގެ ތެރެއިން
އައްޑޫގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމުގެ ތެރެއިން
ރާއްޖެއެމްވީ
ކޮވިޑް-19 ވެކްސިން
އާދިއްތަ ދުވަހު ބޫސްޓަރ ޑޯޒް ޖެހީ 3333 މީހުން
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 52،475ށް އަރާފައި
ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 369،252ށް އަރާފައި
ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،421ށް އަރާފައި

އާދިއްތަ ދުވަހު 3333 މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ އާދިއްތަ ދުވަހު މާލެ ސަރަހައްދުން 2657 މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވާއިރު އަތޮޅުތަކުން 676 މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވާކަމަށެވެ. މިއާއެކު ރާއްޖެއިން ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 52،475ށް އަރާފައެވެ.

އާދިއްތަ ދުވަހު 39 މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 30 މީހުންނާއި އަތޮޅުތަކުން 9 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،421ށް އަރާފައެވެ.

101 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 88 މީހުންނާއި އަތޮޅުތަކުން 13 މީހުންނެވެ. މިއާއެކު ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 369،252ށް އަރާފައެވެ.

ރާއްޖޭގައި މިހާރު އާންމުކޮށް ހުޅުވާލައިގެން ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ދޭން ވަނީ ފަށާފައެވެ. ކޮވިޑް-19 ވެކްސިންގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 6 މަސް ފުރިހަމަ ވެފައިވާ 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން އަންނަނީ ޖަހަމުންނެވެ.

އެޗްޕީއޭއިން ބުނީ، ބޫސްޓަރ ޑޯޒް ޖެހުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށެވެ. އަދި ވެކްސިން ޖަހަން ދާއިރު އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ނެތުމާއި، ކަރަންޓީންގައި ހުރި މީހަކަށް ނުވުމާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން ދެއްކޭނެ ހެދުމެއް ލުމަށާއި، ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް އެދިފައެވެ. އަދި ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ރާއްޖޭގައި ކުރިއަށްދާ ވެކްސިނޭޝަން ކެމްޕެއިނުގެ ތެރެއިން ޖުމްލަ 194 ވެކްސިނޭޝަން ސެންޓަރެއް މިހާރުވަނީ ގާއިމުކޮށްފައެވެ. އެއީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ނުވަ ސެންޓަރާއި، އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 185 ސެންޓަރެވެ.

- ކޮމެންޓް