Advertisement
ކ. މާލެ
|
21 ޖެނުއަރީ 2022 | ހުކުރު 17:41
ހައިކޯޓު
ހައިކޯޓު
ރާއްޖެއެމްވީ
ފެމިލީ ކޯޓުގެ ރަޖިސްޓްރާ
ފެމިލީ ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް މީހަކު ނުނެގުމަށް ހައިކޯޓުން އަމުރުކޮށްފި
އެމަޤާމަށް ވަގުތީ މުވައްޒަފަކު ނެގުމަށް އެ ކޮމިޝަނުން 25 ޑިސެންބަރު 2021 ގައި އިއުލާނުކުރި

ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާގެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ހައިކޯޓުން އެގޮތަށް އަމުރުކުރީ ފެމިލީ ކޯޓުގެ ކުރީގެ ކައިވެނީގެ ރަޖިސްޓްރާ ވަޒީފާއިން ވަކިކުރި މައްސަލައާ ގުޅިގެންނެވެ. އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަބްދުﷲ 2019 ވަނަ އަހަރު ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން 2020 އަހަރު އެންގީ އޭނާއަށް އަލުން އެ ވަޒީފާ ދިނުމަށެވެ. ވަޒީފާއާ ބެހޭ ޓަރައިބިއުނަލްގެ މި ނިންމުން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައިގައި ގޮތެއް ނިންމެންދެން އެ މަގާމަށް މީހަކު އައްޔަން ނުކުރުމަށް ހައިކޯޓުން އަމުރު ކުރިއެވެ.

އަޙްމަދު ޢަބްދުﷲގެ މަޤާމަށް ކޮންޓްރެކްޓަށް ވަގުތީ މުވައްޒަފަކު ނެގުމަށް އެ ކޮމިޝަނުން 25 ޑިސެންބަރު 2021 ގައި އިޢުލާންކުރިއެވެ.

Advertisement

ހައިކޯޓުން މައްސަލަ ނިމެންދެން ކައިވެނީގެ ރަޖިސްޓްރާގެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލުމުގެ އަމުރަކަށް އަހުމަދު އަބްދުﷲގެ ފަރާތުން އެދުމުން ހައިކޯޓުން އަމުރު ނެރެދިނީ ބުރާސްފަތި ދުވަހުއެވެ. އެ އަމުރުގައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް އަމަލު ކުރުން ފަސްކުރަން ޖޭއެސްސީން ހައިކޯޓުގައި އެދިފައިނުވާ ކަމަށެވެ. އެހެންކަމުން، ޓްރައިބިއުނަލްގެ ނިންމުން އަދިވެސް ދެމި އެބައޮތް ކަމަށާއި އަދި އެ ނިންމުން ދެމި އޮއްވައި އެ ނިންމުމާ ޚިލާފަށް ޖޭއެސްސީއަށް އަމަލު ނުކުރެވޭނެ ކަމަށެވެ.

އެގޮތުން ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އެ އަމުރުގައިވަނީ ފެމިލީ ކޯޓަށް ކައިވެނީގެ ރަޖިސްޓްރާއަކު އައްޔަން ކުރުން މަޑުޖައްސާލަން ފެމިލީ ކޯޓާއި ކަމާބެހޭ ފަރާތްތަކަށް އަންގާ ކަމަށެވެ.

ހައިކޯޓުން އެމައްސަލަ ބައްްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް