ކ. މާލެ
|
20 ޖެނުއަރީ 2022 | ބުރާސްފަތި 11:42
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ހުޅުމާލެ މެޑިކަލް ފެސިލިޓީ
އެސްޓީއޯ
ކޮވިޑްގައި މީހަކު މަރުވުން
ކޮވިޑްގައި މަރުވި މީހުންގެ އަދަދު 266ށް
ކޮވިޑް ބަލީގައި ރާއްޖެއިން 266 މީހުން ވަނީ ނިޔާވެފައި
ނިޔާވީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެއް
ކޭސްތަކުގެ އަދަދު މިވަނީ މައްޗަށް ދާންފަށާފައި

ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ބުރާސްފަތި ދުވަހު ހެނދުނު 06:16 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދިޔަ 63 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާ ކަމަށެވެ.

މި މަރާއެކު ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ވަނީ 266ށް އަރާފައެވެ.

ކޮވިޑްގެ އާ ވޭރިއެންޓް، އޮމިކްރޮން ރާއްޖެ އިން ފެނުނު ފަހުން ކޭސްތަކުގެ އަދަދު މިވަނީ މައްޗަށް ދާން ފަށާފައެވެ. ކޭސްތައް މައްޗަށް ދާން ފެށިއިރު، އިއްޔެ ވަނީ 2،137 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު ގިނަ ނަމަވެސް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 43 މީހަކަށެވެ.

- ކޮމެންޓް