ކ. މާލެ
|
19 ޖެނުއަރީ 2022 | ބުދަ 13:09
ޕައުލީ އާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ޕައުލީ އާއި ޑޯޓްމުންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޖަރުމަން ކަޕް
ޕައުލީން ޗެމްޕިއަން ޑޯޓްމުންޑް ކަޓުވާލައިފި
ޑޯޓްމުންޑް ބަލިވީ ޕައުލީ އަތުން 2-1 ގެ ނަތީޖާއަކުން

ޖަރުމަން ކަޕުގެ ގަދަ 16 ގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ޖަރުމަނުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސެއިންޓް ޕައުލީ އަތުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ބޮރޫޝިއާ ޑޯޓްމުންޑް މުބާރާތުން ކަޓައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޑޯޓްމުންޑް ބަލިވީ ޕައުލީ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ޕައުލީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މާސެލް ހާޓެލް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޓިއެން އަމެންޔީޑޯއެވެ. އަދި ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޕައުލީން ލީޑު ފުޅާކުރިއިރު، މި ލަނޑަކީ ޑޯޓްމުންޑުގެ އެކްސެލް ވިޓްސެލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޑޯޓްމުންޑުން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން ފަރަގު ކުޑަކޮށްފައިވަނީ މި ހާފު ފަށައިގެން 13 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑެވެ. މިއީ އޭރިއާ ތެރެއިން ޕައުލީގެ ޔަކޮވް މެޑިޗުގެ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ.

މި މެޗުން ބަލިވެ މި ފަހަރުގެ ޖަރުމަން ކަޕުން ޑޯޓްމުންޑް ކެޓިއިރު، މި ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިކްވެސް ވަނީ ކަޓާފައެވެ.

- ކޮމެންޓް