ކ. މާލެ
|
1 ޖޫން 2017 | ބުރާސްފަތި 14:25
ސިފައިން މަރުވެފައިވަނީ މަރާވީ ސީޓީގައި ސިފައިން ދިން ހަމަލާއެއްގައި
ސިފައިން މަރުވެފައިވަނީ މަރާވީ ސީޓީގައި ސިފައިން ދިން ހަމަލާއެއްގައި
ގޫގުލް
ފިލިޕީންސްގެ ކުއްލިހާލަތު
ފިލިޕިންސް ސިފައިންނަށް އޮޅިގެން އެގައުމުގެ ސިފައިންގެ 10 މީހުން މަރާލެވިއްޖެ
ސިފައިން މަރުވީ ވައިގެ މަގުން ދިން ހަމަލާތަކެއްގައި
ހަމަލާތައް ކުރިޔަށް ގެންގޮސްފައިވަނީ މިންޑަނާއޯ ސިޓީ މިނިވަންކުރުމަށް ކުރާ ހަނގުރާމައިގެ ތެރެއިން

ފިލިޕީންސްގެ ހަނގުރާމަވެރިންގެ އަތްދަަށަށް ގެންގޮސްފައިވާ ދެކުނުގެ މަރާވީ ސިޓީ އަނބުރާ ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ފިލިޕީންސްގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާއެއްގައި ފިލިޕީންސް އަސްކަރިއްޔާގެ 10 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.

މިންޑަނާއޯ އައިލެންޑްގެ މަރާވީ ސިޓީގައި ބުދަ ދުވަހު ހިނގި މި ހާދިސާގައި އިތުރު 8 މީހަކު ވަނީ ޒަޚަމް ވެފައެވެ. 

"އަސްކަރިއްޔާގެ ސިފައިންގެ ގްރޫޕަކަށް އަޅުގަނޑުމެން އަމިއްލައަށް ވައިގެމަގުން ދިން ހަމަލާތަކެއް ވަނީ އަމާޒުވެފަ"، މިނިސްޓަރ ޑެލްފިން ލޮރެންޒާނާ ވިދާޅުވިއެވެ.

"އެއީ ދެރަކަމެއް. އެކަމަކު ބައެއް ފަހަރު އެކަން ހިނގާ" އޭނާ އިތުރަށް ވިދާޅުވިއެވެ.

"ބައެއް ފަހަރު ބޯ ދުންފިނީގައި ކުރާ ހަނގުރާމައިގައި، ނޫނީ ކޯޑިނޭޝަން ރަނގަޅަށް ނުގެންދެވިގެން އަޅުގަނޑުމެންގެ އަމިއްލަ މީހުންގެ ގަޔަށް ހަމަލާއަރާ" އޭނާ ވިދާޅުވިއެވެ.

ހަނގުރާމަވެރި އައިއެސް ޖަމާއަތާއި ގުޅުން އޮންނަ ފިލިޕީންސްގެ ޖަމާއަތަކުން މަރާވީ ސިޓީގެ ބައެއް ހިފާފައިވާއިރު، ސަރުކާރުގެ ބާރުގެ ދަށަށް އެބައި ގެންދިއުމަށް ފިލިޕީންސްގެ އަސްކަރިއްޔާއިން ވަނީ އެއްގަމާއި ވައިގެ މަގުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މަރާވީން ހަނގުރާމަވެރިން ފައްސާލުމަށް ކުރިޔަށްގެންދާ މި އޮޕަރޭޝަންގައި އާއްމުންވެސް ހިމެނޭގޮތުން އެތައް ބަޔަކު ވަނީ މަރުވެފައެވެ.

މިންޑަނާއޯ އަކީ އެތައް ބައިވަރު މުސްލިމުން އުޅެމުންދާ ރަށަކަށްވާއިރު ހަނގުރާމަވެރި ގްރޫޕްތަކުން ދަނީ އެމީހުންގެ އަމިއްލަ ވެރިކަމެއް އެ ސަރަޙައްދުގައި ގާއިމް ކުރެވޭތޯ ބަލަމުންނެވެ.

މެއި މަހުގެ 23 ވަނަ ދުވަހު ހަނގުރާމަވެރިން ފެށި ހަމަލާތަކުގައި ކްރިސްޓިއަނުންގެ ފައްޅިތަކާއި ސިޓީ ޖަލު އަދި ދެ ސްކޫލެއްގައި ހުޅުޖަހައި މައި ދެ މަގާއި ސިޓީއަށް ދާން އޮންނަ ދެ ބްރިޖް ވަނީ ހިސާރުކޮށްފައެވެ.

ފިލިޕީންސްގެ ދެކުނުގެ ރަށެއް ކަމަށްވާ މިންޑަނާއޯގައި 100 ވަރަކަށް މުސްލިމް ހަނގުރާމަވެރިންނާއި ސަރުކާރުގެ ފައުޖުތަކާއެކު ބަޑީގެ ހަމަލާތަކެއް ބަދަލުކުރުމަށް ފަހު މައި ސިޓީ، މަރާވީ ހަނގުރާމަވެރިންގެ އަތްދަށަށް ގެންދިއުމުން ރައީސް ރޮޑްރިގޯ ޑުޓާޓޭވަނީ އެ ރަށުގައި މާޝަލް ލޯ ތަންފީޒު ކުރައްވަން ފައްޓަވާފައެވެ.

އެ ސިޓީއަކީ 200،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ސިޓީއެއްކަމަށްވާއިރު އެއީ މުސްލިމުންގެ އަދަދުގިނަ ސިޓީއެކެވެ.

މާޝަލް ލޯގެ ދަށުން އަސްކަރިއްޔާއިން މީހުން ހިފާ ހައްޔަރުކޮށް، ދައުވާއެއް ނުކޮށް ދިގު މުއްދަތެއް ވަންދެން ހައްޔަރުގައި ބޭތިއްބުގެ ފުރުސަތު ލިބިގެންދާނެއެވެ.

- ކޮމެންޓް