ކ. މާލެ
|
17 ޖެނުއަރީ 2022 | ހޯމަ 16:11
މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި ފުލުހުން ހަރަކާތްތެރިވަނީ
މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި ފުލުހުން ހަރަކާތްތެރިވަނީ
އަތޫފް އާތިފް
ރައްޔިތުން ޖޫރިމަނާކުރުން
ރައްޔިތުން އެންމެ ބޮޑަށް ޖޫރިމަނާކުރީ ޔާމީނުގެ ސަރުކާރުން
2017 ވަނަ އަހަރު ޖޫރިމަނާގެ ގޮތުގައި 270 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައި
2015 ވަނަ އަހަރު 257 މިލިއަން ރުފިޔާ ވަނީ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބުނު

ވޭތުވެދިޔަ 12 އަހަރުގައި ރައްޔިތުން ޖޫރިމަނާކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ހޯދާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ.

ނިމިގެންދިޔަ 2021 ވަނަ އަހަރާ 2010 ވަނަ އަހަރާ ދެމެދު މީރާއިން ނެރެފައިވާ ރިޕޯޓުތަކުން ދައްކާގޮތުގައި އެންމެ ރައްޔިތުން ޖޫރިމަނާކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިފައިވަނީ 2016 ވަނަ އަހަރުއެވެ. އެއަހަރުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި 270 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. ދެން އެންމެ ބޮޑު އަދަދަކުން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް އާމްދަނީ ލިބިފައިވަނީ 2015 ވަނަ އަހަރުއެވެ. އެއަހަރުގެ ތެރޭގައި 257 މިލިއަން ރުފިޔާ ވަނީ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބިފައެވެ. އޭގެ ފަހުން އެންމެ 2018 ވަނަ އަހަރު 226 މިލިއަން ރުފިޔާ ދައުކަތުން ވަނީ ޖޫރިމަނާގެ ގޮތުގައި ހޯދާފައެވެ. މިއީ ފާއިތުވި 12 އަހަރުގެ ތެރޭގައި ތިންވަނައަށް އެންމެ ބޮޑު އަދަދަކުން ޖޫރިމަނާގެ ގޮތުގައި ފައިސާ ލިބުނު އަހަރެވެ.

ޖޫރިމަނާގެ ގޮތުގައި ދައުލަތުން އެންމެ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވާ ތިން އަހަރަކީވެސް ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ޖޫރިމަނާކޮށްފައިވާ ތިން އަހަރެވެ. ރައީސް ޔާމީނުގެ ދައުރުގައި ޖުމްލަ 1،118 މިލިއަން ރުފިޔާ ވަނީ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބިފައެވެ.

ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާ އަހަރާއެކު

  • 2010- 44
  • 2011- 50
  • 2012- 51
  • 2013- 54
  • 2014- 116
  • 2015- 257
  • 2016- 270
  • 2017- 195
  • 2018- 226
  • 2019- 197
  • 2020- 128
  • 2021- 184

ޖޫރިމަނާ ކޮށްގެން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސްއާ ގުޅޭ އިޖުރާތުތައް ފުރިހަމަ ކުރުމާއި، އެއްގަމު އުޅަނދުގެ ސްޓިކާ ޖެހުމުންނެވެ.

- ކޮމެންޓް