Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
15 ޖެނުއަރީ 2022 | ހޮނިހިރު 20:45
ކުޅުދުއްފުށީ ހޮސްޕިޓަލް
ކުޅުދުއްފުށީ ހޮސްޕިޓަލް
އެޑިޝަން.އެމްވީ
ކުޅުދުއްފުށި ސިޓީގެ ކޮވިޑްގެ ހާލަތު
ކުޅުދުއްފުށި ސިޓީގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ހަލުވިކަމާއެކު އިތުރުވަނީ
ކުޅުދުއްފުށި ސިޓީގައި މިވަގުތު ހުރި އެކްޓިވް ކޭސްތަކުގެ އަދަދަކީ 115

ކުޅުދުއްފުށި ސިޓީގައި ކޮވިޑްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހަލުވިކަމާއެކު ދަނީ އިތުރުވަމުންނެވެ.

އެގޮތުން ހޮނިހިރު ދުވަހުވެސް އިތުރު 33 މީހަކު ކޮވިޑްއަށް ޕޮޒިޓިވްވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އެ ސިޓީން ހޮނިހިރުދުވަހު 33 މީހުން ޕޮޒިޓިވްވެފައިވާއިރު، 14 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ހޮނިހިރުދުވަހު ޕޮޒިޓިވްވި ސާމްޕަލްތަކަކީ މި މަހުގެ 13 އަދި 14 ވަނަ ދުވަހު ނެގި ސާމްޕަލްތަކެކެވެ. އެ ސިޓީގައި މިވަގުތު ހުރި އެކްޓިވް ކޭސްތަކުގެ އަދަދަކީ 115އެވެ. އޭގެތެރޭގައި ހިމެނެނީ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި 23 މީހުންނާއި، ރޭންޑަމް ސާމްޕަލްއިން ޕޮޒިޓިވްވީ 26 މީހުންނާއި އަދި ކޮންޓެކްޓް ޓްރޭސިންގ ގޮތުގައި ފާހަގަކުރެވުނު 66 މީހުންނެވެ.

Advertisement

ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިގެން 36 މީހުން ކަރަންޓީންގައި ތިބިއިރު، 21 ގެއެއްވަނީ މޮނިޓަރިންއަށް ލާފައެވެ.

ކުޅުދުއްފުށިން ކޮވިޑް ކޭހެއް ނުފެނި ދުވަސްކޮޅެއް ދިއުމަށްފަހު އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ މިދިއަ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. އަތޮޅުގެ 6 ރަށަކުންވެސް ކޮވިޑް ކޭސްތައްދަނީ ފެންނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް