Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
13 ޖެނުއަރީ 2022 | ބުރާސްފަތި 22:34
ކުޅުދުއްފުށީ ސިޓީގައި ރެންޑަމް ސާމްޕަލް ނަގަނީ
ކުޅުދުއްފުށީ ސިޓީގައި ރެންޑަމް ސާމްޕަލް ނަގަނީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ކުޅުދުއްފުށީ ސިޓީގެ ކޮވިޑްގެ ހާލަތު
ކުޅުދުއްފުށީ ސިޓީގެ ޕޮޒިޓިވް އަދަދު 100އިން މައްޗަށް
މިވަގުތު ކުޅުދުއްފުށީ ސިޓީގެ އެކްޓިވް ކޭހުގެ އަދަދަކީ 102

ކުޅުދުއްފުށި ސިޓީއިން އިތުރު 27 މީހަކު ކޮވިޑްއަށް ޕޮޒިޓިވްވެ, އެކްޓިވް ކޭހުގެ އަދަދު 102ށް އަރައިފިއެވެ.

އެ ސިޓީން ބުރާސްފަތިދުވަހު ޕޮޒިޓިވްވި މީހުންގެތެރޭގައި، ކޮންޓެކްޓް ޓްރޭސިންގެތެރެއިން ފާހަގަކުރެވުނު މީހުންނާއި، ފްލޫ ކްލިނިކަށް ދެއްކި މީހުންނާއި މާލެ ސިޓީން އެ ސިޓީއަށް ދަތުރުކުރި މީހުން ހިމެނެއެވެ. ބުރާސްފަތި ދުވަހު ނަތީޖާ ލިބުނު ސާމްޕަލްތަކަކީ މި މަހުގެ 11 ވަނަ ދުވަހުގެ ސާމްޕަލްތަކެއް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.

Advertisement

ކުޅުދުއްފުށިން ކޮވިޑް ކޭހެއް ނުފެނި ދުވަސްކޮޅެއް ދިއުމަށްފަހު އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.

މިވަގުތު ކުޅުދުއްފުށީގެ އިތުރުން ހދ.ގެ 7 ރަށެއްގައި ކޮވިޑް ކޭސްތައް ދަނީ ފެތުރެމުންނެވެ. ކުޅުދުއްފުށި ފިޔަވާ އެންމެ ގިނަ ކޭސް ފެނިފައިވަނީ ނޮޅިވަރަންފަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް