ކ. މާލެ
|
31 މެއި 2017 | ބުދަ 22:56
ސުލްތާން އޮފް ތަނބުރުދޫ ބޮޑީބޯޑިން މުބާރާތުގެ ތެރެއިން
ސުލްތާން އޮފް ތަނބުރުދޫ ބޮޑީބޯޑިން މުބާރާތުގެ ތެރެއިން
ފޭސްބުކް
އެމްބީބީއޭ
ދިގު އިންތިޒާރަކަށްފަހު ރާޅާއެޅުންތެރިންގެ ޝަކުވާތަކަށް ހައްލެއް
ރާޅާއެޅުންތެރިންނަށް ހިލޭ ކ.ތަނބުރުދޫއަށް ދެވޭނެގޮތް ހަމަޖައްސައިދިނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްޓީސީސީ އާއި ގުޅިގެން
މަސް ދުވަހުގެ މުއްދަތަކަށް ކޮންމެ ދުވަހަކު މާލެ އާއި ތަނބުރުދޫ އާއި ދެމެދު ރާޅާ އެޅުންތެރިންނަށް ހިލޭ ފެރީ އެއް ބާއްވާނެ

ޓޫރިޒަމް މިނިސްޓްރީއާއި އެމްޓީސީއިން ރާޅާއެޅުންތެރިންނަށް ހިލޭ ކ.ތަނބުރުދޫއަށް ދެވޭނެގޮތް ހަމަޖައްސައިދީފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްޓީސީސީ އާއި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި ދެމެދު އަންގާރަ ދުވަހު ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން، 6 މަސް ދުވަހުގެ މުއްދަތަކަށް ކޮންމެ ދުވަހަކު މާލެ އާއި ތަނބުރުދޫ އާއި ދެމެދު ރާޅާ އެޅުންތެރިންނަށް ހިލޭ ފެރީ އެއް ބާއްވާނެއެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހަކު މެންދުރުފަހު 1:30 ގައި މާލެއިން، އަދި އިރުއޮއްސި 6:00 ގައި ތަނބުރުދޫއިން ފެރީ އޮންނާނެއެވެ. އަދި ބަންދު ދުވަސްތަކުގައި ހެނދުނު 7:00 ގައި މާލެއިން އަދި އިރުއޮއްސި 6:00 އިން ފެރީ އޮންނާނެއެވެ.

އެމްޓީސީސީ ގެ އިޖްތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ހަމަޖައްސައިދިން މި އިންތިޒާމުގެ ދަށުން، އެއްބަސްވުމުގައި 50 މީހުންގެ ޖާގައިގެ ފެރީއެއް ބާއްވާގޮތަށް އޮތް ނަމަވެސް 81 މީހުންގެ ޖާގައިގެ ފެރީއެއް ބާއްވާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެއްބަސްވުމުގައި ސޮއެކުރުމަށްފަހު ޓޫރިޒަމް މިނިސްޓާ މޫސާ ޒަމީރު ވިދާޅުވީ ބްރިޖް އެޅުމައްޓަކާ ރާޅުގަނޑު ބަންދުކުރީ އެތަނުގައި ރާޅާއެޅުމަކީ ރައްކާތެރި ކަމަށް ނުވާތީ ކަމަށާއި، އެހެންމަކަމުން އެހެން ގޮތަކަށް ރާޅާއެޅުންތެރިންނަށް އެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް ސަރުކާރުން ނިންމީ ކަމަށެވެ. އަދި މިނިސްޓާ ވިދާޅުވީ އަންނަ އަހަރު ބްރިޖް ހުޅުވެނެދެން ރާޅާއެޅުންތެރިންނަށް ސަރުކާރުން އެ ފުރުސަތު ތަނަވަސް ކޮށްދޭނެ ކަމަށެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމުގެ މަސައްކަތް ފެށުމާއިއެކު ރާޅުގަނޑު ސަރަހައްދު ބަންދު ކުރުމުން، ގިނަ ރާޅާއެޅުންތެރިންތަކެއް ދިޔައީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެކި ފަހަރުގެ މަތިން ރާޅާއެޅުންތެރިން ވަނީ ރާޅުގަނޑު ސަރަހައްދުގައި އެކަމުގެ ނުރުހުން ފާޅުކޮށް އަޑުވެސް އުފުލާފައެވެ.

ރާޅާއެޅުންތެރިން މިހާރު ބޭނުން ކުރަމުންދާ ތަނބުރުދޫ ސަރފިން ޕޮއިންޓަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކޮށްލެވޭފަދަ ސަރފިން ޕޮއިންޓެކެވެ. އެގޮތުން ސީއެންއެންއިން ހޮވި އެންމެ ރަނގަޅު 50 ސަރފިން ޕޮއިންޓުގެ ތެރެއިން ތަނބުރުދޫ ރާޅު ޕޮއިންޓް ރެކޯޑް ކުރެވިފައިވަނީ 11 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް