ހދ. ކުޅުދުއްފުށި ސިޓީ
|
10 ޖެނުއަރީ 2022 | ހޯމަ 23:05
ނޮޅިވަރަމް ފުޓްސަލް ޗެލެންޖްގެ ޗެންޕިއަން ޓީމު ބީއެސްއޭ
ނޮޅިވަރަމް ފުޓްސަލް ޗެލެންޖްގެ ޗެންޕިއަން ޓީމު ބީއެސްއޭ
ނޮޅިވަރަމް ސްޕޯރޓްސް އެފްބީ ޕޭޖު
ނޮޅިވަރަމް ފުޓްސަލް ޗެލެންޖް
ނޮޅިވަރަމް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ބީއެސްއޭ ހޯދައިފި
މިމުބާރާތުގެ ޗެންޕިއަން ޓީމްއަށް 3000 ރުފިޔާ، އަދި ރަނަރަޕް ޓީމްއަށް 1500 ރުފިޔާގެ އިނާމެއްވަނީ ދީފައި

ހދ. ނޮޅިވަރަމުގައި ބޭއްވި 14 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ކުޅުދުއްފުށީގެ ބަސީރު ސްޕޯޓްސް އެކަޑަމީ (ބީއެސްއޭ)އިން ހޯދައިފިއެވެ.

ބީއެސްއޭ ޗެންޕިއަންކަން ހޯދީ ފައިނަލުގައި ޗަކުލީއާ ބައްދަލުކޮށް 7-2ން މެޗް ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބީއެސްއޭގެ ޖާރޖީ ނަމްބަރު 11 އަހްމަދު ނާއިލް އެވެ.

މިމުބާރާތުގެ ފުޓްސަލް ކިންގްއަކަށް ހޮވިފައިވަނީވެސް ބީއެސްއޭގެ ޖާރޒީ ނަމްބަރު 11 އަހްމަދު ނާއިލްއެވެ. މީގެއިތުރުން އޭނާ ވަނީ މިމުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ.

ނޮޅިވަރަމު ފުޓްސަލް ޗެލެންޖްގެ ފުޓްސަލް ކިންގް އަހުމަދު ނާއިލް - ނޮޅިވަރަމު ސްޕޯރޓްސް އެފްބީ ޕޭޖް

އެންމެ މޮޅު ކޯޗުގެ މަގާމު ބީއެސްއޭގެ ކޯޗު ބަޝީރު ޔޫސުފަށް ލިބުނުއިރު މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ ފްރެންޑްސް ޔުނައިޓެޑްގެ އަޒީލް އަލީއެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ފްރެންޑްސް ޔުނައިޓެޑްއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ޗަކުލީގެ ޖާރޒީ ނަމްބަރު 14 ޒިޔާން މުހައްމަދާއި، އެޓީމްގެ ޖާރޒީ ނަމްބަރު 24 އަހްސަން އިބްރާހިމާއި، ހަމަ އެޓީމްގެ ޖާރޒީ ނަމްބަރު 11 ޝައިހާން އަލީއާއި، ބީއެސްއޭގެ ޖާރޒީ ނަމްބަރު 27 އަހްމަދު މުހައްމަދުގެ އިތުރުން އެޓީމުގެ ޖާރޒީ ނަމްބަރު 11 އަހްމަދު ނާއިލްއެވެ.

ނޮޅިވަރަމު ފުޓްސަލް ޗެލެންޖްގެ އެންމެ މޮޅު ފަސް ކުޅުންތެރިން - ނޮޅިވަރަމް ސްޕޯޓްސް އެފްބީ ޕޭޖް

މިމުބާރާތުގެ ޗެންޕިއަން ޓީމަށް 3000 ރުފިޔާ، އަދި ރަނަރަޕް ޓީމްއަށް 1500 ރުފިޔާގެ އިނާމެއްވަނީ ދީފައެވެ.

- ކޮމެންޓް