ކ. މާލެ
|
10 ޖެނުއަރީ 2022 | ހޯމަ 08:57
ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައި
ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައި
ރައީސް އޮފީސް
ކޮވިޑް ވެކްސިން
ހޮނިހިރު ދުވަހު ބޫސްޓަރ ޑޯޒް ޖެހީ 166 މީހުން
ހޮނިހިރު ދުވަހު 106 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު ވަނީ 27،474 އަށް އަރާފައި

ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ބޫސްޓަރ ޑޯޒް އިތުރު 166 މީހުން ޖަހައިފިއެވެ.

ހޮނިހިރު ދުވަހު ވެކްސިން ޖެހި މީހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހީ 70 މީހުންނެވެ. އަދި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 96 މީހުންނެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު ވަނީ 27،474 އަށް އަރާފައެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު 106 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ވެކްސިން ފުރިހަމަކުރި 22މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 84މީހަކު ހިމެނެއެވެ. އަލަށް ވެކްސިން ފުރިހަމަކުރި މީހުންނާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 367،865އަށް އަރާފައެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ހޮނިހިރު ދުވަހު ޖެހީ 13 މީހެކެވެ. އެއީ، މާލޭ ސަރަހައްދުން ވެކްސިން ޖެހި 5 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 8މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 396،954އަށް އަރާފައެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ހަރަކާތްތެރިވެއެވެ. މީގެއިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.

- ކޮމެންޓް