އއ. ތޮއްޑޫ ކައުންސިލުން އިސްނަގައިގެން މި ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ފެށި ކައުންސިލް ޗެލެންޖް ކަޕްގެ ފައިނަލް މެޗުތައް ކުޅެފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުލުނު ފުޓުސަލްގެ ފައިނަލްގައި ޔަންގް ސްޓާރއާއި އެފްސީ ގޯލްޑް ފިޝް ބަައްދަލު ކުރި މެޗް 3-0 ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފައިވަނީ ޔަންގް ސްޓާރއެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔަންގް ސްޓާގެ އަހުމަދު ޝަމީމެވެ.
 
                    ހޭންޑް ބޯލް ފައިނަލްގައި ބައްދަލުކުރީ ފްލެމިންގޯއާއި ރިދަން ޓީމެވެ. މި މެޗް 2-1ގެ ނަތީޖާ އަކުން ފްލެމިންގޯ މެޗް ކާމިޔާބުކުރިއިރު، މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފްލެމިންގޯ ޓީމްގެ ޝިފްޒާއެވެ.
ތޮއްޑޫ ކައުންސިލް ޗެލެންޗް ކަޕްގައި ފުޓްސަލް ޚާއްސަކޮށްފައިވަނީ ފިރިހެނުންނަށެވެ. އަދި އަންހެނުންނަށް ޚާއްސަކޮށް ބޭއްވީ ހޭންޑްބޯލްއެވެ.
ތޮއްޑޫ ކައުންސިލް ޗެލެންޖް ކަޕްގައި ފުޓުސެލް 8 ޓީމާއި ހޭންޑްބޯލް 4 ޓީމެއްވަނީ ބައިވެރިވެފައެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
