ކ. މާލެ
|
9 ޖެނުއަރީ 2022 | އާދީއްތަ 17:06
ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓް
ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓް
ރާއްޖެއެމްވީ
ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި މީހަކަށް އަނިޔާވެއްޖެ
 
އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނޭ
 
އެމީހާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން
 
ސައިކަލު ދުއްވަން އިން ދިވެހި ފިރިހެން މީހާއަށް އަނިޔާވި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

ރާއްޖެއެމްވީއަށް ފުލުހުން ބުނީ ދެވަނަ ފިޔަވަހީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް އާދިއްތަ ދުވަހުގެ މެންދުރުފަހު 3:30 އެހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަަމަށެވެ. މިއެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ދިވެހި ފިރިހެން މީހާއަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އާދިއްތަ ދުވަހު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެންމެ ގިނައިން ހުޅުމާލެ ދެވަނަ ފިޔަވަހިން ހުށަހަޅަނީ ވައްކަމާއި އެކްސިޑެންޓްގެ މައްސަލަތައް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގެ މައްސަލަތަަކަށް ބަލާއިރު އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް އަމަލުކުރުމުގެ ސަބަބުންނާއި މަގަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވުމާއި، ގަވާއިދާ ޚިލާފަށް ޔޫޓާން ނެގުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓްތައް ފާހަގަކުރެވޭ ކަމަށެވެ. އެ ސަރަހައްދުގެ މަގުތަކަކީ އެކަށީގެންވާ އަލިކަން ނެތް މަގުތަކަކަށް ވާއިރު، އުޅަނދުގެ ޓެއިލް ލައިޓް ނުދިއްލި ހުރުމުގެ ސަބަބުންނާއި މަގަށް ދޭންވާ ސަމާލުކަން ނުދިނުމުގެ ސަބަބުން ބައެއް އެކްސިޑެންޓްތައް ހިނގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ދެވަނަ ފިޔަވައްސަކީ ގިނަ ބަޔަކު ޒިޔާރަތްކޮށް އަދި ގިނަ މަސައްކަތްތަކެއް ވެސް ކުރަމުންދާ ސަރަހައްދަކަށް ވުމާއެކު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން، ޕެޓްރޯލްކުރުމާއި ކުށުން ރައްކާތެރިކުރުމަށް ރައްޔިތުންނަށް މައުލޫމާތުދީ ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ރާވައި ސިލްސިލާކޮށް ދަނީ ހިންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް