ކ. މާލެ
|
8 ޖެނުއަރީ 2022 | ހޮނިހިރު 23:27
އެމްބިއުލާންސެއް ދަތުރުކުރަމުންދަނީ
އެމްބިއުލާންސެއް ދަތުރުކުރަމުންދަނީ
ރާއްޖެއެމްވީ
ކޮވިޑް-19ގެ އަޕްޑޭޓް
ކޮވިޑް-19ގެ 3300 އެކްޓިވް ކޭހާއެކު އިތުރު 337 މީހުން ޕޮޒިޓިވް!
ހޮސްޕިޓަލްގައި 15 މީހަކަށް ފަރުވާ ދެމުންދޭ
ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 97،668ށް އަރާފައިވާއިރު، 94،091 މީހުން ބަލިން ރަނގަޅުވެފައިވޭ
މާލެ ސަރަހައްދުން 101 މީހުން ޕޮޒިޓިވްވެފައިވޭ

ކޮވިޑް-19ގެ 3300 އެކްޓިވް ކޭހާއެކު އިތުރު 337 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ށް ނެގި 5361 ސާމްޕަލްގެ ތެރެއިން 337 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 101 މީހުންނާއި، އަތޮޅުތެރެއިން 129 މީހުން، ހިންގަމުންދާ ރިސޯޓުތަކުން 99 މީހުން، ސަފާރީތަކުން 2 މީހުންނެވެ. އަދި ބާކީ 6 މީހުން ޕޮޒިޓިވްވެފައިވަނީ ކޮން ސަރަހައްދަކުން ކަމެއް ދެނެގަނެވިފައި ނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 97،668ށް އަރާފައިވާއިރު، 94،091 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭއިން ބުނީ 3300 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، އެޑްމިޓްކޮށްގެން ހޮސްޕިޓަލްގައި 15 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި މިބަލީގައި މިހާތަނަށް 264 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު، ދުވަސްތަކަކަށްފަހު ފަހުން މާލެ ސަރަހައްދުން ފެންނަ ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ޖެނުއަރީ 5 ވަނަ ދުވަހު 224 ކޭސް ރިޕޯޓުކޮށްފައިވާއިރު، މާލެ ސަރަހައްދުން 102 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އަދި ޖެނުއަރީ 6 ވަނަ ދުވަހު 304 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 136 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ.

މީގެ އިތުރުން މާސްކް އެޅުމުގެ ގަވާއިދު ތަންފީޒު ކޮށްދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި މާސްކް އެޅުމަށް ވަނީ މަޖުބޫރުކޮށްފައެވެ. މިހާރު ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުންދާ އޮމިކްރޯން ވޭރިއެންޓާއެކު، ރާއްޖެ ވެސް އެކަމަށް ތައްޔާރުވެ، ބަލިން ރައްކާތެރިވުމަށް އިތުރަށް ސަމާލުވުމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އިޖްތިމާއީ ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް ވެސް އެދިފައިވެއެވެ.

- ކޮމެންޓް