ކ. މާލެ
|
31 މެއި 2017 | ބުދަ 19:59
ބެގޮވިޗް (ކ) ބޯންމައުތްއަށް ސޮއިކުރަނީ
ބެގޮވިޗް (ކ) ބޯންމައުތްއަށް ސޮއިކުރަނީ
ޓްވިޓަރ
އަސްމިރް ބެގޮވިޗް
ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ
ބެގޮވިޗް ވަނީ މީގެކުރިންވެސް ބޯންމައުތްއަށް ކުޅެފައި
ބެގޮވިޗް މި ސީޒަނުގައި ޗެލްސީއަށް ކުޅުނީ އެންމެ 8 މެޗު

ޗެލްސީއަށް ކުޅެމުން އަންނަ ބޮސްނިއާގެ ކީޕަރު އަސްމިރް ބެގޮވިޗް އިނގިރޭސި ކްލަބް އޭއެފްސީ ބޯންމައުތަށް ބަދަލުވެއްޖެ އެވެ.

ތަޖުރިބާކާރު ގޯލު ކީޕަރު ބޯންމައުތަށް ބަދަލުވިއިރު، އޭނާއަކީ ޓްރާންސްފާއަށް އަމާޒުކޮށް ޗެލްސީ ދޫކޮށްލި ދެވަނަ ކުޅުންތެރިޔާއެވެ. ބެގޮވިޗްގެ އިތުރުން ދެން އެ ކްލަބް ދޫކޮށްލީ ޑޮމިނިކް ސޮލަންކޭ އެވެ.

ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ އުމުރުން 29 އަހަރުގެ ބެގޮވިޗް ވަނީ 2007 ވަނަ އަހަރުވެސް ބޯންމައުތަށް ކުޅެފައެވެ. ބެގޮވިޗް އޭނާގެ ކެރިޔަރުގައި އެންމެ ގިނަ ދުވަސް ހޭދަކޮށްފައިވަނީ ސްޓޯކްގައެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް 170 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.

މި ސީޒަނުގައި ޗެލްސީގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވި ބެގޮވިޗް ކުޅެފައި ވަނީ އެންމެ އަށް މެޗެވެ. އެހެން ނަމަވެސް ނިމިގެންދިޔަ ސީޒަނުގައި އޭނާ ވަނީ އެޓީމަށް 25 މެޗު ކުޅެދީފައެވެ.

ބޮސްނިއާ ގައުމީ ޓީމަށް 50 އަށްވުރެ ގިނަ މެޗު ކުޅެފައިވާ ބެގޮވިޗް ވަނީ ޗެލްސީގައި ހޭދަކުރި ދެ ސީޒަންތެރޭގައި އެޓީމާ އެކު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް