Advertisement
ހއ. އިހަވަންދޫ
|
7 ޖެނުއަރީ 2022 | ހުކުރު 13:54
ހއ.އިހަވަންދޫ
ހއ.އިހަވަންދޫ
ސޯޝަލް މީޑިއާ
އިހަވަންދޫ ކޮވިޑްގެ ހާލަތު
އިހަވަންދޫން އިތުރު 12 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
އެކްޓިވް ކޭހުގެ އަދަދަކީ 71
މިހާތަނަށް 375 ސާމްޕަލް ނަގާފައިވޭ

މޮނީޓަރިން ގެ ހާލަތުގައި އޮތް ހއ.އިހަވަންދޫން އިތުރު 12 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އިހަވަންދޫގައި ހުންނަ އާމިނާދިޔޯ ހެލްތު ސެންޓަރުން ހާމަކޮށްފިއެވެ.

ހެލްތު ސެންޓަރުން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުގައިވާ ގޮތުން ޕޮޒިޓިވްވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ 7 މީހަކާއި ފުރަބަންދުގައި ތިބި 3 މީހަކާއި ރެންޑަމް ކޮށް ނެގުނު ސާމްޕަލެއްގެ އިތުރުން ފުލޫ ކުލިނިކުން ނެގި ސާމްޕަލެކެވެ. އެހެންކަމުން އިހަވަންދޫން މިހާތަނަށް 375 ސާމްޕަލް ނަގާފައިވާ ކަމަށް ހެލްތު ސެންޓަރުން ހާމަކުރެއެވެ. އޭގެ ތެރެއިން 29 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ. ޖުމްލަ 76 މީހަކު އިހަވަންދޫން މިބައްޔަށް ފައްސިވެފައި ވާއިރު 5 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު އިހަވަންދޫގެ އެކްޓިވް ކޭހުގެ އަދަދަކީ 71 އެވެ. މީގެ ތެރެއިން އެކަކަށް އެޑްމިޓްކޮށްގެން ފަރުވާ ދީފައިކަމަށް ވެސް ހެލްތު ސެންޓަރުން ހާމަކުރެއެވެ

Advertisement

އިހަވަންދޫން ކޮވިޑް ކޭހެއް ފެނިފައިވަނީ ހުސްވި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަދި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ޑިސެމްބަރު 31 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް