ކ. މާލެ
|
31 މެއި 2017 | ބުދަ 17:25
ހަމަލާ ދިން ސަރަހައްދާ އެންމެ ކައިރީ ޖަރުމަނު އެމްބަސީ
ހަމަލާ ދިން ސަރަހައްދާ އެންމެ ކައިރީ ޖަރުމަނު އެމްބަސީ
ބީބީސީ
ކާބުލްގައި ދިން ހަމަލާ
ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި
ޚަބަރުތައް ބުނާ ގޮތުން ބުދަ ދުވަހު މި ގޮވުން ގޮވާފައި ވަނީ ކާބުލްގެ 10 ވަނަ ޑިސްޓްރިކްޓް ކަމަށްވާ ޒަންބަޤް ސްކްއެއަރ ކައިރިން
މިހާތަނަށް އެެއްވެސް ޖަމާއަތަކުން އަދި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވޭ
އެ ސަރަހައްދުގައި އެތައް އިމާރާތްތަކެއް ހުންނައިރު އިނގިރޭސިވިލާތުގެ އެމްބަސީއާ ރިޔާސީ ގަނޑުވަރުވެސް ހިމެނޭ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ޑިޕްލޮމޭޓުން ތިއްބަވާ ޑިސްޓްރިކްޓުގައި ޓްރަކް ބޮމެެއް ކަމަށް ބެލެވޭ އެއްޗެއް ގޮއްވާލައި މަދުވެގެން 80 މީހުން މަރުވެ ސަތޭކަ އެތައް މީހުން ޒަޚަމް ވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ބުދަ ދުވަހު ދިން މިހަމަލާ އޮފިޝަލުން ސިފަ ކޮށްފައި ވަނީ ކާބުލްގައި ދިން "އެންމެ ބޮޑު އެއް ހަމަލާ"ގެ ގޮތުގައެވެ.

ޚަބަރުތައް ބުނާ ގޮތުން ބުދަ ދުވަހު މި ގޮވުން ގޮވާފައި ވަނީ ކާބުލްގެ 10 ވަނަ ޑިސްޓްރިކްޓް ކަމަށްވާ ޒަންބަޤް ސްކްއެއަރ ކައިރިންނެވެ. އެއީ ޖަރުމަނު އެމްބަސީގެ ކައިރިއެވެ.

މިހާތަނަށް އެެއްވެސް ޖަމާއަތަކުން އަދި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ. ތާލިބާން އަދި އައިއެސް ޖަމާއަތުން މީގެ ކުރިންވަނީ ކާބުލްގައި ވަރުގަދަ ގިނަ ހަަމަލާތަކެއް ދީފައެވެ.

ހަމަލާ ހިނގި ސަރަހައްދުގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުވާން ފަށާފައިވާއިރު އަނދާކަޅުވެފައިވާ އެތައް ކާރުތަކެއް ފޮޓޯތަކުން ފެނެއެވެ.

ކާބުލްގެ ފުލުހުންގެ ތަރުޖަމާނު ބަސީރު މުޖާހިދް ރޮއިޓާސްގައި ވިދާޅުވީ މި ގޮވުން ގޮވާފައި ވަނީ ޖަރުމަނު އެމްބަސީކައިރީގައި ކަމަށާއި ހަމަލާ އަމާޒުކޮށްފައިވަނީ ކޮންތަނަކަށް ކަން ބުނަން ދަތި ކަމަށެވެ.

އެ ސަރަހައްދުގައި އެތައް އިމާރާތްތަކެއް ހުންނައިރު އިނގިރޭސިވިލާތުގެ އެމްބަސީއާ އިންޑިއާ އެމްބަސީ އަދި ރިޔާސީ ގަނޑުވަރު ވެސް ހިމެނެއެވެ.

ސަލާމަތީ ގޮތުން އެހާ ވަރުގަދަ ސަރަހަދެއްގައި މިހާ ވަރުގަދަ ހަމަލާއެއް ދެވުނު ގޮތަކާ މެދު ސުވާލު އުފެދިގެން ދާނެއެވެ. އެ ސަރަހައްދަކީ މީޓަރު އުސް ފާރެއްލައި ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެކެވެ.

ހެލްތް މިިނިސްޓްރީން ބުނެފައިވަނީ ޒަޚަމްވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

 

- ކޮމެންޓް