ހދ. ކުޅުދުއްފުށި ސިޓީ
|
7 ޖެނުއަރީ 2022 | ހުކުރު 11:56
ކޮރަލް ކަޕްގެ ޗެންޕިއަން ޓީމް މިޓިއޯސް
ކޮރަލް ކަޕްގެ ޗެންޕިއަން ޓީމް މިޓިއޯސް
ކުލަބް ކޮރަލް
ކޮރަލް ކަޕް
ކޮރަލް ކަޕުގެ ޗެމްޕިއަންކަން މީޓިއޯސް ހޯދައިފި
ޗެމްޕިއަން ޓީމަށް 2000 ރުފިޔާގެ އިނާމެއް ވަނީ ދީފައި
މި މުބާރާތުގައި 12 ޓީމަކުން ވާދަކުރި

ކުޅުދުއްފުށީ ކުލަބް ކޮރަލްސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "އުރީދޫ ކޮރަލް ކަޕް 2021" ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މީޓިއޯސް ޓީމުން ހޯދައިފިއެވެ.

މިމަހުގެ 05 ވަނަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ބައްދަލު ކުރީ ޓީމް ރެޑިޝްއާއި ޓީމް މީޓިއޯސްއެވެ. ފައިނަލް މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ މީޓިއޯސްއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މީޓިއޯސްގެ އަބްދުﷲ ޒުބައިރެވެ.

މިމުބާރާތުގެ ޗެންޕިއަން ޓީމަށް 2000 ރުފިޔާގެ އިނާމެއް ވަނީ ދީފައެވެ. މިމުބާރާތުގައި 12 ޓީމަކުން ވަނީ ވާދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް