ހދ. ކުޅުދުއްފުށި ސިޓީ
|
6 ޖެނުއަރީ 2022 | ބުރާސްފަތި 19:13
ހަނިމާދޫ އަންހެނުން ކޮމެޓީއާއި އަރުތަ އިންވެސްޓްމެންޓާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެެރެއިން
ހަނިމާދޫ އަންހެނުން ކޮމެޓީއާއި އަރުތަ އިންވެސްޓްމެންޓާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެެރެއިން
ހަނިމާދޫ ކައުންސިލް
ހަނިމާދޫގައި ޕިކްނިކް އޭރިއާއެއް ތަރައްގީކުރުން
ހަނިމާދޫގައި ޕިކްނިކް އޭރިއާއެއް ތަރައްގީކުރަނީ
އަރުތަ އިންވެސްޓްމެންޓާ މިމަސައްކަތް ހަވާލުކޮށްފައި ވަނީ 220056 ރުފިޔާއަށް، 25 ދުވަހުން މަސައްކަތް ނިންމާގޮތަށް

ހދ. ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެރަށުގައި ޕިކްނިކް އޭރިއާއެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޕިކްނިކްއޭރިއާ ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރީ އަރުތަ އިންވެސްޓްމެންޓާއެވެ. ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މިހާރުވަނީ އަރުތަ އިންވެސްޓްމަންޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އާސިފެވެ. އަދި އަރުތަ އިންވެސްޓްމެންޓް ފަރާތުން ސޮއިކުރެއްވީ ކުރެއްވީ މޫސާ ޖައުފަރެވެ.

މި މަސައްކަތް އަރުތަ އިންވެސްޓްމެންޓާ ހަވާލުކޮށްފައި ވަނީ 220056 ރުފިޔާއަށް، 25 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތުގެ ތެރޭގައި 2 ހަޓާއި 3 ބާބެކިއު ގްރިލްއާއި 3 ޝަވަރުގެ އިތުރުން ކުޑަ ކެންޓީނަކާއި އައުޓްޑޯ ބެންޗެއް އެޅިގެންދާނެ ކަމަށް ހަނިމާދޫ އަންހެނުން ކޮމެޓީން މައުލޫމާތު ދެއްވައެވެ. މީގެ އިތުރުން އެ ސަރަހައްދަށް ކަރަންޓުލައި ވަށައި ބައުންޑަރީއަކާއެކު އެ ސަރަހައްދު ވަކި ކުރެވިގެންދާނެއެވެ.

މިފަހަކަށް އައިސް ވަރަށް ގިނަ ރަށްރަށުގައި، ހިތްފަސޭހަކޮށްލުމަށް މިފަދަ މައިޒާންތައް ދަނީ ތަރައްގީކުރަމުންނެވެ.

- ކޮމެންޓް