ކ. މާލެ
|
5 ޖެނުއަރީ 2022 | ބުދަ 10:29
ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކުރުން
ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކުރުން
ސޯޝަލް މީޑިއާ
ބަނޑިދޫ ޔޫތު ޗެލެންޖް މުބާރާތް
ބަނޑިދޫ ޔޫތު ޗެލެންޖް މުބާރާތުގެ ޗެމްޕިއަންކަން ޑޭޒީ ސްޕޯޓްސް ކުލަބަށް
ޗެމްޕިއަން ޓީމަށް ޓްރޮފީއާއި 30000 ރުފިޔާ ވަނީ ހަވާލުކުރެވިފައި
ޑޭޒީ ސްޕޯޓްސް ކުލަބުން ޗެމްޕިއަންކަން ހޯދާފައިވަނީ 4-3 ނަތީޖާއިން މެޗު ކާމިޔާބުކޮށްގެން

ދ. ބަނޑިދޫގައި ކުރިއަށްގެންދިޔަ ސަން ސިޔާމް ބަނޑިދޫ ޔޫތު ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޑެއިޒީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ޖެނުއަރީ 5 ވަނަ ދުވަހު ކުރިއަށް ގެންދިއަ ފައިނަލް މެޗުގައި ޑޭޒީ ސްޕޯޓްސް ކުލަބުން ޗެމްޕިއަންކަން ހޯދާފައިވަނީ މައިޝާން ސްޕޯރޓްސް އެންޑް ރެކްރިއޭޝަން (އެމްއެސްއާރު) އާއި ވާދަކޮށް 4-3 ނަތީޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މުބާރާތުގައި ޗެމްޕިއަން ޓީމަށް ޓްރޮފީއާއި 30000 ރުފިޔާ އާއި ދީފައިވާއިރުގައި ރަނަރަޕް ޓީމަށް 15000 ރުފިޔާ ދީފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށްޓާއި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާާން މީދު ދާއިރާގެ މެމްބާރ އަހްމަދު ޝިޔާމް މުޙައްމަދުއެވެ.

މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޑޭޒީ ޓީމްގެ ޖާރޒީ ނަންބަރު 8، ހާފިޒް ހޮވިފައިވާއިރުގައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހާފިޒްވަނީ ހޮވިފައިއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް އެމްއެސްއާރުގެ ޖާޒީ ނަންބަރު އެކެއް، އަލީ ހަމްދޫނުވަނީ ހޮފިވައިއެވެ. އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ޔުނީކްގެ ޖާޒީ ނަންބަރު 12 މުޙައްމަދު ހަންނާނު ހޫދު ހޮވިފައިވާއިރު، މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑޭޒީގެ ޖާޒީ ނަންބަރ 19 އަބްދުﷲ ޒުހާންއެވެ. މީގެއިތުރުން މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޑެޒީގެ ކޯޗް އަޙްމަދު ނާޒިމް ހޮވިފައިވާއިރުގައި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ޔުނީކް އެވެ.މި މުބާރާތުގައި ފަސްޓީމެއް ވަނީ ބައިވެރިވެފައިއެވެ.

- ކޮމެންޓް