ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 23:56
ފަލަސުރުޚީ ޕްރޮގްރާމްގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ވާހަކަދައްކަވަނީ
ފަލަސުރުޚީ ޕްރޮގްރާމްގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ހޯމް ސްޓޭގެ ފަތުރުވެރިކަން
ހޯމް ސްޓޭއަކީ ދިވެހި ފަތުުރުވެރިކަމުގެ އެންމެ ދޮށީ ވައްތަރު: ޓޫރިޒަމް މިނިސްޓްރީ
 
އައު އަހަރާ ދިމާކޮށް ހޯމް ސްޓޭ ތައާރަފްކުރީ މ. ދިއްގަރުން
 
ޒަމާނުއްސުރެ ދަތުރުވެރިން ރާއްޖޭގައި މަޑު ކުރޭ
 
ހޯމް ސްޓޭ ޓޫރިޒަމްއަކީ ރާއްޖެއަށް އައު ކަމެއް ނޫން

ހޯމް ސްޓޭ ޓޫރިޒަމްއަކީ ދިވެހިންނަށް އައު ކަމެއް ނޫން ކަމަށާއި، ދިވެހި ފަތުުރުވެރިކަމުގެ އެންމެ ދޮށީ ވައްތަރަކީ ހޯމް ސްޓޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި، ހޯމް ސްޓޭ ޓޫރިޒަމްގެ މިންތަކާއި އިންތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ، ހޯމް ސްޓޭ ޓޫރިޒަމް ތައާރަފް ކުރުމުގައި ހުރިހާ ރަށެއްގެ ކައުންސިލާއި ރައްޔިތުންނާ މަޝްވަރާކޮށް، ޚިޔާލު ހޯދާފައިވާ ކަމަށެވެ. އަދި މިކަމުގައި ސުވާލު އުފައްދާނެ ބަޔަކު ރައްޔިތުންގެ ތެރޭގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެކިއެކި ސަބަބުތަކާއި ގުޅުވައި، ސިޔާސީ ގޮތުން ވަކި ކަމެއް ހާސިލްކުރުމަށް ހަގީގަތާއި ޚިލާފު ވާހަކަތައް ދައްކަމުންދާ ކަމަށް ރައްޒާން ވިދާޅުވިއެވެ. އަދި ރައްޒާން ވިދާޅުވީ ހޯމް ސްޓޭ ޓޫރިޒަމްއަކީ ރާއްޖެއަށް އައު ކަމެއް ނޫން ކަމަށާއި، ދިވެހި ފަތުރުވެރިކަމުގެ އެންމެ ދޮށީ ބާވަތަކީ ހޯމް ސްޓޭ ކަމަށެވެ. ދިވެހި ތާރީހަށް އިޝާރާތް ކުރައްވައި ރައްޒާން ވިދާޅުވީ ޒަމާނުއްސުރެ ދުނިޔޭގެ އެއްބިތުން އަނެއް މިބިތަށް ދަތުރުކުރި ދަތުރުވެރިން އެކި ސަބަބުތަކާއި ގުޅިގެން މަޑުކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ދަތުރުވެރިންނަށް ވަރަށް ފުރިހަމައަށް ދިވެހިންގެ ފަރާތުން މެހެމާންދާރީކަމާއި ޚިދުމަތްތައް ލިބިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޒާން ވިދާޅުވީ އެކި ގައުމުތަކަށް ނިސްބަތްވާ ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި ޓީޗަރުން ވެސް ރަށްރަށުގައި މަޑު ކުރާ ކަމަށެވެ. އެއީ ވެސް ހޯމް ސްޓޭގައި ތިބޭ މީހުން ކަމަށް ރައްޒާން ވިދާޅުވިއެވެ. އަދި އައު އަހަރާ ދިމާކޮށް އައު ފަތުރުވެރިކަމެއް ތައާރަފު ނުކުރާ ކަމަށާއި، އައު އަހަރާ ދިމާކޮށް، އެކަން ރަސްމީ ގޮތެއްގައި މޮނިޓަރ ކުރެވޭނެ ގޮތް ކަނޑައަޅައި، ގަވާއިދުގެ ތެރެއަށް ވެއްދީ ކަމަށެވެ.

އައު އަހަރާ ދިމާކޮށް ހޯމް ސްޓޭ ތައާރަފްކުރީ މ. ދިއްގަރުގައެވެ.

ހޯމް ސްޓޭ ޓުއަރިޒަމާއެކު ފަތުރުވެރިންނަށް ރާއްޖޭގެ ހިތްގައިމު ރަށްތަކުގައި ހެޔޮއަގެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްއެއް ހިންގުމުގައި ރަށުގެ ޓޫރިޒަމް ޑެސްކުގެ ދައުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ރަށު ޓޫރިޒަމް ޑެސްކަކީ އެ ރަށެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ހޯމްސްޓޭތަކާއި، ފަތުރުވެރީންނަށް ކެއިންބުއިމާއި، ދަތުރުފަތުރާއި، އެކިއެކި ހަރަކާތްތައް ރާވައި ހިންގުމާއި، މިފަދަ އެހެނިހެން ޚިދުމަތްތައް އެ ރަށެއްގައި ފޯރުކޮށްދޭ ހަރަކާތްތަކާއި، ރަށަށް ފަތުރުވެރީންގެ ގޮތުގައި އައިސްގޮސްވާ ފަރާތްތަކުގެ އެންމެހައި ކަންކަން ރަށުފެންވަރުގައި ބަލަހައްޓާ މަސްއޫލުވެރި ފަރާތުގެ ގޮތުގައެވެ.

ރަށު ޓޫރިޒަމް ޑެސްކުން ކަނޑައަޅާ ތަނެއްގައި ޓޫރިސްޓް އިންފޮމޭޝަން ޑެސްކް ގާއިމުކުރަންވާނެއެވެ. އަދި ޓޫރިސްޓް އިންފޮމޭޝަން ޑެސްކަކީ، ފަތުރުވެރީންނަށް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެ ފަދަ ތަނެއްގައި ހުންނަ ތަނަކަށް ވެފައި، ރަށުގައި ފަތުރުވެރީން އުޅޭ ހުރިހާ ވަގުތެއްގައި ޚިދުމަތް ދޭންވާނެއެވެ. މިގޮތުން، ސީދާ ޑެސްކުގައި މީހަކު ހުރެގެން ޚިދުމަތްދޭނެ ވަގުތުތަކާއި، ވަރޗުއަލްކޮށް ޚިދުމަތްދޭނެ ވަގުތުތައް ކަނޑައެޅިދާނެއެވެ. އެހެންނަމަވެސް، 24 ގަޑިއިރު ގުޅޭނެ ހޮޓްލައިނެއް އޮންނަންވާނެއެވެ.

ޓޫރިޒަމް ޑެސްކުގެ މަސައްކަތުގެ ތެރެއިން އެ ރަށެއްގައި ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގޭ މިންވަރަކުން މިކަމާ ގުޅުންހުރި ވަކިވަކި ދާއިރާތަކަށް ފޯކަލް ޕޮއިންޓުގެ ގޮތުގައި މީހުން ހަމަޖެއްސިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް