އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ޑިޕްލޮމޭޓުން ތިއްބަވާ ޑިސްޓްރިކްޓުން ބާރުގަދަ ގޮވުމެއް ގޮވައި ކުޑަދޮރުތައް ތަޅައިގެން ގޮސް ކާބުލްގެ މަތިން ކަޅު ދުންގަނޑު އަރައިފިއެވެ.
ޚަބަރުތައް ބުނާ ގޮތުން ބުދަ ދުވަހު ގޮވި މި ގޮވުން ގޮވާފައި ވަނީ ކާބުލްގެ 10 ވަނަ ޑިސްޓްރިކްޓް ކަމަށްވާ ޒަންބަޤް ސްކްއެއަރ ކައިރިންނެވެ.
ކާބުލްގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައި ވަނީ މި ހަމަލާ އައިސްފައިވަނީ ވެރިރަށުގައި އެންމެ ކާރުބާރުބޮޑު ސަރަހައްދުގައި ރިޔާސީ ގަނޑުވަރާއި ބޭރުގައުމުތަކުގެ އެމްބަސީތައް ހިމެނޭ ސަރަހައްދު ކަމަށެވެ.
"މިދިޔަ ހަފްތާގައި ކާބުލް ފެނިފައި ވަނީ ވަރަށް ހިމޭންކޮށް ,އެކަމަކު ފުލުހުންވަނީ މިއީ ކާބުލްއިން ފެނުނު އެންމެ ބާރުގަދަ އެއް ގޮވުންކަމަށް ކަށަވަރުކޮށްދީފައި" އޭނާ ބުންޏެވެ.
ސިޓީގައި ދިރިއުޅޭ މީހުން ބުނެފައިވަނީ ހަމަލާ ދެވުނު ހިސާބާ އެތައް ސަތޭކަ މީޓަރު ދުރުގާވައިވާ ސަރަހައްދުތަކުގައި ހުރި ކުޑަދޮރުތައް ވެސް ތަޅައިގެން ގޮސްފައި ވާކަމަށެވެ.
ހަމަލާ އަމާޒުކޮށްފައިވަނީ ކޮންބަޔަަކަށް ކަމެއް ސާފެއް ނުވެއެވެ.
މި މަހުގެ ކުރީކޮޅު ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީ ކުރިމަތިން ދަތުރުކޮށްފައި ދިއަ ނޭޓޯގެ ވަފްދަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި އާއްމުންގެ އަށް މީހުން މަރުވެފައި ވެއެވެ.
އެ ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައިވާއިރު ބުދަ ދުވަހު ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.