ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 18:40
އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން
އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބައިވެރިކުރުވުން
ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކޮށްފައިވާ ނިސްބަތް ގިނަ: އެޗްއާރްސީއެމް
 
2020ގައި ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކޮށްފައިވާ 291 މައްސަލައެއް ތަހުގީގުކޮށްފައިވޭ
 
2019 ވަނަ އަހަރު، އޮރިޔާންކާޑާއި ޖިންސީ ވިޔަފާރީގެ 80 މައްސަލައެއް ތަހުގީގު ކޮށްފައިވޭ

ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކޮށްފައިވާ ނިސްބަތް ގިނަވަމުން އަންނަ ކަމަށާއި، ގޮތްނިންމާ ލެވެލްގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް 2021 ވަނަ އަހަރުގެ ހިއުމަން ރައިޓްސް ރިޕޯޓުން ބުނެފިއެވެ.

އެޗްއާރްސީއެމްގެ މި ރިޕޯޓުގައި ވަނީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ތަފާސް ހިސާބުތަކަށް ރިޔާއަތްކޮށް ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެޗްއާރްސީއެމުން ބުނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ނާޖާއިޒު ބޭނުންކޮށްފައިވާ މައްސަލަތައް ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާ ކަމަށާއި، ޖެންޑަރ މިނިސްޓްރީން ކޮންމެ މަހަކު އެއް ފަހަރު ޝާއިއުކުރާ ތަފާސް ހިސާބުތަކުން އެކްސްޕްލޮއިޓޭޝަންގެ ބާވަތްތައް އިތުރަށް އެނގެން ނުހުންނަކަމަށެވެ.

ޔޫ.އެސް ސްޓޭޓް ޑިޕާޓްމަންޓުން ޝާއިއުކޮށްފައިވާ ''2019 ފައިޑިންގްސް އޮން ދަ ވަރސްޓް ފޯރމްސް އޮފް ޗައިލްޑް ލޭބަރ: މޯލްޑިވްސް“ގައި ފާހަގަކޮށްފައިވާ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2019 ވަނަ އަހަރު، އޮރިޔާންކާޑާއި ޖިންސީ ވިޔަފާރީގެ 80 މައްސަލައެއް ތަހުގީގު ކޮށްފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ. މީގެ ތެރެއިން 4 މައްސަލައަކީ ކުޑަކުދިން ހަށިވިއްކުމުގެ ވިޔަފާރީގައި ބޭނުންކޮށްފައިވާ މައްސަލަ ކަމަށެވެ.

މީގެ އިތުރުން އެޗްއާރްސީއެމުން ބުނީ ޔޫ.އެސް ސްޓޭޓް ޑިޕާޓްމަންޓުން ޝާއިއުކޮށްފައިވާ ޓްރެފިކިންގއިން ޕަރސަންސް ރިޕޯޓް 2021ގައި ފާހަގަކޮށްފައިވާ ގޮތުން ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކޮށްފައިވާ 291 މައްސަލައެއް ފުލުހުން 2020 ވަނަ އަހަރު ތަހުގީގުކޮށް، އަދި 115 މައްސަލައެއް ޕްރޮސިކިއުޝަނަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލަތައް ބަލާފައިވަނީ ޓްރެފިކިންގގެ މައްސަލަތަކެއްގެ ގޮތުގައި ނޫންކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އެޗްއާރްސީއެމުން ބުނީ ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކޮށްފައިވާ ނިސްބަތް ގިނަ ކަމަށާއި، މިފަދަ މައްސަލަތައް މުޖުތަމައުން ނައްތާލުމަށްޓަކައި ގޮތްނިންމާ ލެވެލްގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. ޖިންސީ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރުމުގެ މައްސަލަތަކުގައި އިޖްތިމާއީ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފުރިހަމައަށް އެޑްރެސްކުރެވިގެން ނުދާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

އެޗްއާރްސީއެމުން ބުނީ ފުލުހުންނާއި އިޖްތިމާއީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ޖިންސީ ވަގުފާރިއާއި ޖިންސީ އަނިޔާގެ ފަރަގު އެންމެ ފުރިހަމައަށް ފަހުމްވެފައިނުވާކަން، ޚާއްސަކޮށް ކުޑަކުދިންގެ މައްސަލަތަކުން ފާހަގަވާ ކަމަށެވެ. އެހެންކަމުން ޖިންސީ ވަގުފާރީގެ މައްސަލަތަކުގެ އަދަދު ދެނެގަނެވިފައިނުވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިޔާސީ މަސްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
މަޖިލިސް އިންތިހާބުގައި ޔަގީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68 އިންސައްތަ މީހުން - ދިރާސާ
އެޗްއާރްސީއެމްގެ މެންބަރުންތަކެއްގެ އީމެއިލް ޑީއެކްޓިވޭޓްކުރި މައްސަލައިގައި މުވައްޒަފު ސަސްޕެންޑް ކުރީ ރަނގަޅަކަށް ނޫން
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިއުމަން ރައިޓްސް ކޮމިޝަން ގާއިމު ކުރިތާ 20 އަހަރު ފާހަގަކުރުމަށް ފޮޓޯ މައުރަޒެއް
އިންސާފުވެރިކަމާއެކު، މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ އޮނިގަނޑުގައި ހިމަނަން އެޗްއާރްސީއެމްއިން ލަފާދީފި