ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 16:16
ހައި ކޯޓު- ޑީޖޭއޭއިން ހައިކޯޓުގެ މެނޭޖްމަންޓް އޮޑިޓެއް ވަނީ ހަދާފައި
ހައި ކޯޓު- ޑީޖޭއޭއިން ހައިކޯޓުގެ މެނޭޖްމަންޓް އޮޑިޓެއް ވަނީ ހަދާފައި
ރާއްޖެއެމްވީ
ހައިކޯޓުގެ ޕްރޮކިއުމެންޓް ސެކްޝަން
ހައިކޯޓުގެ ޕްރޮކިއުމެންޓް ސެކްޝަން ހިންގަމުންދަނީ މާލިއްޔަތު ގާނޫނާ ޚިލާފަށް: މެނޭޖްމަންޓް އޮޑިޓް
ޕްރޮކިއުމެންޓު މަސައްކަތްތައް މާލިއްޔަތު ގަވައިދާ އެއްގޮތަށް ކުރިއަށް ނުދާކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވޭ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށްވެސް އޮޑިޓް ރިޕޯޓު ހިއްސާ ކޮށްފައިވޭ
މަގާމަށް ނަޖީބު ހޮވާފައިވަނީވެސް އެންމެ މަތިން މާރކްސް ލިބުނު އެހެން މީހުން ތިއްބާކަމަށް މައުލޫމާތު ލިބޭ

ހައިކޯޓުގެ ޕްރޮކިއުމެންޓް ސެކްޝަން ހިނގަމުންދަނީ މާލިއްޔަތު ގާނޫނާ ޚިލާފަށްކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހަދާފައިވާ އޮޑިޓަކުން ހާމަވެއްޖެއެވެ.

އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޑީޖޭއޭއިން ހައިކޯޓުގެ މެނޭޖްމަންޓް އޮޑިޓެއް ހަދާފައިވާ ކަމަށެވެ. އަދި އެ އޮޑިޓުގައި ފާހަގަވި ކަންކަން ހައިކޯޓާއި ހިއްސާ ކުރުމަށްފަހު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށްވެސް އޮޑިޓް ރިޕޯޓު ހިއްސާ ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހައިކޯޓުގެ ޕްރޮކިއުމެންޓު މަސައްކަތްތައް މާލިއްޔަތު ގަވައިދާ އެއްގޮތަށް ކުރިއަށް ނުދާކަމަށް އޮޑިޓުގައި ފާހަގަ ކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ޑިޕާޓްމަންޓު ހިންގެވުމާއި ހަވާލުވެ ހުންނަވަނީ މުހައްމަދު ނަޖީބެވެ. އޭނާ މަގާމަށް އައްޔަން ކުރެއްވީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައި، ރައްޔިތުންގެ މަޖިލީހުގައި އެކަމަށް ނަގަން ޖެހޭ ވޯޓުގެ މަރުޙަލާގައި މަގާމުން އިސްތިއުފާ ދެއްވި ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނުގެ ބެއްލެވުމުގެ ދަށުން ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވި ގޮތުގައި އޭރު ނަޖީބު ހޮވާފައިވަނީވެސް އެންމެ މަތިން މާރކްސް ލިބުނު އެހެން ފަރާތްތައް ތިއްބައެވެ.

އޮޑިޓުގައި ފާހަގަވި ކަންކަން މިހާރު ޖޭއެސްސީއާ ހިއްސާކޮށްފައިވާއިރު، އެކަމާއި ގުޅޭގޮތުން ޖޭއެސްސީން ބުނީ، މުޅި އޮޑިޓުގެ ތަފްސީލުތައް ލިބުމުން ޖޭއެސްސީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ޝުޖާއު އުސްމާނަކީވެސް ފަނޑިޔާރު ކަމުގައި ހުންނެވިއިރު ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ ބޭފުޅެކެވެ. ޖިނާއީ ބޮޑެތި މައްސަލަތަކެއް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭއިރު ވެސް، ޖިނާއީ ތަހުގީގެއް ހިންގައި އަދި ދައުވާ ކުރެވިފައެއް ނުވެއެވެ.

- ކޮމެންޓް