ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 15:31
ރައީސް ސާލިހު ލަންދޫ ކައުންސިލާ ބައްދަލުކުރެއްވުން
ރައީސް ސާލިހު ލަންދޫ ކައުންސިލާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސްގެ ނ އަތޮޅު ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާ ލަންދޫއަށް ވަޑައިގެން ލަންދޫ ކައުންސިލާ ބައްދަލު ކުރައްވައިފި
ފެނުގެ ނިޒާމުގެ މަސައްކަތް މިމަހު ފެށިގެންދާނެ
އަލަށް ފެށުމަށް ނިންމާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި

ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނ އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ނ.ލަންދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ލަންދޫގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި އަލަށް މިއަހަރަށް ބަޖެޓް ކުރެވިފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން ކަމުގައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ޒުވާނުންގެ ފުޓްސަލް ދަނޑާއި, އޮޑި އެހެލާ ސަރައްހައްދު ހެދުމުގެ މަސައްކަތްވެސް މި އަހަރަށް ބަޖެޓް ކުރެވި އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އަދި ލަންދޫގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް މި މަހުގެތެރޭގައި ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ލަންދޫ ކައުންސިލްގެ ނާއިބުރައީސް މަންސޫރު މުހައްމަދު ރާއްޖެއެމްވީއަށް ވިދާޅުވީ, ރައީސާއެކު ކުރިއަށް ގެންދެވުނު ބައްދަލުވުމަކީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް