ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 09:39
އެޕަލްއަކީ މާކެޓް އަގު ތިން ޓްރިލިއަނަށް އެރި އެންމެ ފުރަތަމަ އެމެރިކާގެ ކުންފުނި
އެޕަލްއަކީ މާކެޓް އަގު ތިން ޓްރިލިއަނަށް އެރި އެންމެ ފުރަތަމަ އެމެރިކާގެ ކުންފުނި
ގެޓީ އިމޭޖަސް
އެޕަލް ކުންފުނީގެ މާކެޓް އަގު
އެޕަލް ކުންފުނީގެ މާކެޓް އަގު 3 ޓްރިލިއަން ޑޮލަރަށް އަރައިފި!
މިދިޔަ ހޯމަ ދުވަހު އެޕްލަ ކުންފުނީގެ ކޮންމެ ހިއްސާއެއްގެ އަގުވަނީ 182.88 ޑޮލަރަށް އަރައިފައި

ދުނިޔޭގެ ނަން މަޝްހޫރު އެޕަލް ކުންފުނީގެ މާކެޓް އަގު ތިން ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ.

މިދިޔަ ހޯމަ ދުވަހު އެޕަލް ކުންފުނީގެ ކޮންމެ ހިއްސާއެއްގެ އަގު 182.88 ޑޮލަރަށް އެރުމާއެކު އެ ކުންފުނީގެ މާކެޓް އަގު ވަނީ ތިން ޓްރިލިއަން ޑޮލަރަށް އަރައިފައެވެ. މިއީ އެމެރިކާގެ ކުންފުންޏެއްގެ މާކެޓް އަގު ތިން ޓްރިލިއަނަށް އެރި އެންމެ ފުރަތަމަ ފަހަރެވެ. އެޕަލް ކުންފުނީގެ އަގު އެއް ޓްރިލިއަނަށް އަރާފައިވަނީ 2018 ވަނަ އަހަރުގެ އޯގަސްޓު މަހުއެވެ. އޭގެ ފަހުން 2020 ވަނަ އަހަރު އެކުންފުނީގެ އަގު ވަނީ ދެ ޓްރިލިއަނަށް އަރައިފައެވެ.

އެޕަލްގެ މި ރެކޯޑާއެކު އެކުންފުނިން ވަނީ ކުރިއަރަމުން އަންނަ އިގްތިސޯދުތަށް ކަމުގައިވާ އިންޑިއާ (2.9 ޓްރިލިއަން)، ފްރާންސް (2.9 ޓްރިލިއަން) އަދި ރަޝިޔާ (1.6 ޓްރިލިއަން)ށްވުރެ މާލީގޮތުން ކުރިއަރާފައެވެ.

އެޕަލް ފިޔަވާ މާކެޓްގެ އަގު ދެ ޓްރިލިއަނުން މައްޗަށް އަރާފައިވާ އެމެރިކާގެ ހަމައެކަނި ކުންފުންޏަކީ މައިކްރޯސޮފްޓެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު އެޕަލުން އާންމުކުރި ތަފާސްހިސާބު ތަކަށް ބަލާއިރު، 2021 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް 83.4 ބިލިއަން ޔޫއެސް ޑޮލަރު ލިބިފައި ވެއެވެ. ސާފު ފައިދާގެ ގޮތުގައި ރިޕޯޓުކޮށްފައި ވަނީ 20.5 ބިލިއަން ޔޫއެސް ޑޮލަރެވެ.

- ކޮމެންޓް