ށ. މަރޮށީ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ވަންޑޭ ކަޕެއް ބޭއްވުމަށް ނިންމައިފިއެވެ.
މަރޮށީގައި ބޭއްވޭ މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް ކޮމިއުނިޓީ އެމްޕަވާރމަންޓާއި މަރޮށި ކައުންސިލް ގުޅިގެން ބާއްވާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައިއެވެ. ބައިވެރިވާ ބޭނުންވާ ޓީމުތަކުން މަރޮށި ކައުންސިލް އިދާރާއަށް ޓީމު ލިސްޓް ހުށަހެޅުމަށް އެ ވަނީ އެދިފައެވެ. އަދި ޖެނުއަރީ 10ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރީން ލިސްޓް ހުށަހެޅުމަށް ވެސް އެ އިދާރާއިން އެދިފައިވެއެވެ.
މަރޮށީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގައި ބައިވެރިވާން ފުުރުސަތު ދެވޭ ކޮންމެ ޓީމަކަށް ޖާޒީ ބައެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެއްވަނަ އަށްދާ ޓީމަކަށް 10،000ރ (ދިހަހާސް ރުފިޔާ) އަދި ދެވަނަ އަށް ދާ ޓީމަކަށް 5000ރ (ފަސްހާސް ރުފިޔާ) ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެއްދުވަހުގެ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 15 ވާ ހޮނިހިރު ދުވަހުއެވެ.