ކ. މާލެ
|
29 ޑިސެންބަރ 2021 | ބުދަ 16:23
ވެލާނާގެ- ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް
ވެލާނާގެ- ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް
ރާއްޖެއެމްވީ
މިނިމަމް ވޭޖް އެލަވަންސް
މިނިމަމް ވޭޖް އެލަވަންސާއެކު 11،000ށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ބަދަލު އާދޭ
 
މުވައްޒަފުންނަށް ލިބޭ މިންވަރު، އެ މުވައްޒަފުންނަށް ޖެނުއަރީ 15ގެ ކުރިން އަންގާނެ
 
މުސާރައިގެ ފަރަގު ނައްތާލުމަށް ކުރާ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދޭ

މިނިމަމް ވޭޖް އެލަވަންސް ތައާރަފްކޮށް, އަންނަ ޖެނުއަރީ މަހުން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންނަށް މުސާރަ ދިނުމަށް ނިންމައިފިއެވެ.

މި ބަދަލާއެކު ސިވިލް ސަރވިސްގެ 8 ރޭންކެއްގައި ހިމެނޭ 11،800 މުވައްޒަފުންގެ މުސާރައަށް ބަދަލު އާދެއެވެ. މި އެލަވަންސާއެކު ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން މި އެލަވަންސް ލިބޭނެ ރޭންކުތަކުގައި ހިމެނޭ މުވައްޒަފުންނަށް، އެއް ރޭންކެއްގައި ކަމަށްވާނަމަ އަސާސީ މުސާރައާއި ފިކްސްޑް އެލަވަންސްތަކުގެ ޖުމްލަ އެއްގޮތްވާނެއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް, އޮޑިޓް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް ޑިވިޝަން، އަލްފާޟިލް ޢަބްދުﷲ ސަޢީދު ވިދާޅުވީ، އެލަވަންސް ލިބޭ މުވައްޒަފުންނަށް ލިބޭ މިންވަރު އެ މުވައްޒަފުންނަށް ޖެނުއަރީ 15ގެ ކުރިން އަންގާނެ ކަމަށެވެ. އަދި އެލަވަންސާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށަހެޅޭނެ ކަމަށެވެ.

އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން ރޭންކު އެސްއެސް 1-4 އަދި ރޭންކު ޖީއެސް 1-4ގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

މުސާރައިގެ ފަރަގު ނައްތާލުމަށް ކުރާ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އަންނަ އަހަރު އެކަން ފެނިގެންދާނެ ކަމަށް ޕޭ ކޮމިޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
67%
0%
0%
33%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ސީއެސްސީގެ ހުސްވެފައިވާ މަގާމަށް ހަބީބާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
ރަމަޟާން މަހުގެ 20ން 30ށް އިކޮނޮމިކް މިނިސްޓްރީން ޢާއްމުންނާ ވިޔަފާރިތަކަށް ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފި
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ހުށަހަޅާފައިވާ ނަންތަކަށް އާންމުންގެ ޚިޔާލު ހޯދަނީ
ކެއިން ބުއިމާއި މުދާ ވިއްކާ ތަންތަން ރޯދަ މަހާއި ހަ ރޯދަތެރޭގައި ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފި
ރާއްޖޭގެ އިގްތިޞާދާ މެދު އިތުބާރު ހޯދަން މަސައްކަތްކުރާއިރު ހަގީގަތާއި ޚިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އަންނަނީ ކުރިން ލަފާކުރި ވަރަށްވުރެ ބާރަށް ރަނގަޅުވަމުން: މިނިސްޓަރު ސައީދު