Advertisement
ކ. މާލެ
|
28 ޑިސެންބަރ 2021 | އަންގާރަ 22:11
އުމަރު ޒާހިރުގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސޮއިކުރައްވަނީ
އުމަރު ޒާހިރުގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސޮއިކުރައްވަނީ
ރާއްޖެއެމްވީ
އުމަރު ޒާހިރުގެ ތައުޒިޔާގެ ދަފްތަރު
އުމަރު ޒާހިރުގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ކުރީގެ ރައީސް މައުމޫން ސޮއިކުރައްވައިފި
އެމަނިކުފާނު އަވަހާރަވީ 20 ޑިސެންބަރު 2021ވީ ހޯމަ ދުވަހުގެ ވަގުތެއްގައި ކޮވިޑް-19ގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު
އަވަހާރަވީއިރު އުމުރުފުޅުން 84 އަހަރު
އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި މިމަހުގެ 21ން 23ށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވޭ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސޮއިކުރައްވައިފިއެވެ.

އެމަނިކުފާނު ސޮއިކުރެއްވީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.

އެމަނިކުފާނު އަވަހާރަވީ 20 ޑިސެންބަރު 2021ވީ ހޯމަ ދުވަހުގެ ވަގުތެއްގައި ކޮވިޑް-19ގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ. އަވަހާރަވީއިރު އުމުރުފުޅުން 84 އަހަރެވެ.

އެމަނިކުފާނުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާފައިވާއިރު، އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި، 21 ޑިސެންބަރުން ފެށިގެން 23 ޑިސެންބަރުގެ ނިޔަލަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.

އުމަރު ޒާހިރުވަނީ، 50 އަހަރަށްވުރެ ގިނަދުވަހު ދިވެހި ގައުމަށް އިޚްލާސްތެރި އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އެމަނިކުފާނަކީ، ގައުމީ ބޮޑެތި މަސައްކަތްތައް އަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމާއި، އިޖުތިމާއީ އަދި ގައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްސިއްޔަތެކެވެ.

Advertisement

އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 އޮކްޓޫބަރު 1936ގައެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް 1960ގެ އަހަރުތަކުގެ ކުރީކޮޅު ކުރެވުނު ގައުމީ ރޫހާއި ޖޯޝާއި ގައުމީ ފޯރި ހިމެނުނު ގައުމީ މަސައްކަތުގެ އެންމެ ކުރީ ސަފުގައިވެސް ޒުވާނެއްގެ ގޮތުގައި އެމަނިކުފާނު ވަރަށް ފާހަގަ ކުރެވޭ އަމަލީ ދައުރެއް އަދާ ކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރަކީވެސް އުމަރު ޒާހިރެވެ. އެމަނިކުފާނު 1983 ވަނަ އަހަރުން ފެށިގެން ހޯމް މިނިސްޓަރުކަން ކުރައްވަން ފެއްޓެވިއިރު 1988 ވަނަ އަހަރާ ހަމަޔަށް އެއީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސަރވިސަސްއެވެ. ސޯޝަލް ސަރވިސަސް ނުވަތަ އިޖުތިމާއީ އެންމެހައި ކަންކަން އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން 1988 ވަނަ އަހަރު އުނިކުރުމަށްފަހު ދެން ލެވުނީ ކުޅިވަރާއި ބެހޭ އެންމެހައި ކަންކަމެވެ. އެގޮތުން 1993 ވަނަ އަހަރާ ހަމަޔަށް އެއީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްއެވެ. މިނިސްޓަރަކީ އޮނަރަބަލް އުމަރު ޒާހިރެވެ. އެދުވަސްވަރަކީ ކުޅިވަރުގެ ގައުމީ އޮނިގަނޑާއި އިދާރީ ކަންކަމާއި އެނޫންވެސް ކަންކަމަށް ޒަމާނީ ބަދަލުތައް އެންމެ ބޮޑަށް ތައާރަފު ކުރެވެން ފެށި ޒަމާނެވެ.

އުމަރު ޒާހިރުގެ ގައުމީ ޚިދުމަތް ފެއްޓެވީ 1950ގެ އަހަރުތަކުގައެވެ. އެހިސާބުން ފެށިގެން 1970ގެ އަހަރުތަކާ ހަމަޔަށް އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި; އައްޑޫ ގަމުގައި ހުންނަވާ ދިވެހި ސަރުކާރުގެ ލޭޒަން އޮފިސަރުކަމާއި ދާޚިލިއްޔާގެ އެކިއެކި ވަޒީފާތަކާއި މަޖީދިއްޔާގެ ހެޑްމާސްޓަރުކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބު ކަމާއި ހޯމް މިނިސްޓްރީގެ ނާއިބުކަމާއި ބަނޑޮސް ރިސޯޓުގެ މެނޭޖަރުކަންވެސް ހިމެނެއެވެ.

އޭގެ ފަހުން 1980 ވަނަ އަހަރުން ފެށިގެން 1993ގެ ނިޔަލަށް މާލޭ މުނިސިޕަލްޓީގެ ރައީސްކަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސް ކަމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ވެސް ވަނީ ކުރައްވައިފައެވެ. އޮނަރަބަލް އުމަރު ޒާހިރުގެ ދިގު ގައުމީ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި ސަރުކާރުން ވަނީ އެމަނިކުފާނަށް ނިޝާން އިއްޒުއްދީނުގެ ޝަރަފު އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް