ހދ. ކުޅުދުއްފުށި ސިޓީ
|
27 ޑިސެންބަރ 2021 | ހޯމަ 15:21
މިލަދޫ ބަނދަރު މަސައްކަތް ކުރިއަށްދަނީ
މިލަދޫ ބަނދަރު މަސައްކަތް ކުރިއަށްދަނީ
އެމްޓީސީސީ
މިލަދޫ ބަނދަރު މަސައްކަތް
މިލަދޫ ބަނދަރު ތަރައްޤީކޮށް ނިމުމާއެކު ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ
 
މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 59 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައި
 
މިއީ 42.1 މިލިއަން ރުފިޔާގެ މި މަޝްރޫއެއް

އާބާދީގައި 1500 އެއްހާ މީހުން ދިރިއުޅޭ ނ. މިލަދޫއަކީ ވެސް މާލެ ދަތުރުކުރާ ބޯޓުތަކާއި އޮޑިދޯނިފަހަރުތައް ގިނަ ރަށެކެވެ. މިރަށަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އެެއް މައްސަލައަކީ ލަފާފުރުމުގައި ދިމާވާ ދަތިކަމެވެ.

ނ. މިލަދޫ ކައުންސިލުން މައުލޫމާތު ދެއްވިގޮތުގައި ކުރިން ބަނދަރު ހެދިއިރު ކޮނެފައިވާ ސަރަހައްދު ކުޑަވުމުގެ ސަބަބުން ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. މިލަދޫއަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މިސަރުކާރުންވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ)އާ ހަވާލުކޮށްފައެވެ. މި މަސައްކަތުގެ ދަށުން އިތުރު 200 ފޫޓުގެ ޖާގައެއް ބަނދަރަށް ވަނީ އިތުރުކޮށްފައެވެ.

42.1 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 209 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމާއި، 152 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް އަދި 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން ހިމެނޭކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން 1،430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނޭކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެމްޓީސީސީން މައުލޫމާތު ދެއްވިގޮތުގައި މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 59 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައި ވާކަމަށާއި، އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް އެއްކޮށް ނިމިފައި ވާކަމަށެވެ.

މި މަޝްރޫޢު ނިމިގެންދާއިރު ރަށަށް ތަރައްޤީގެ އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށް ރަށު ކައުންސިލުން ބުނެއެވެ. އަދި ބަނދަރު ތަރައްޤީކޮށް ނިމުމާއެކު ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެރަށު ރައްޔިތުން ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
100%
0%
ކޮމެންޓް