Advertisement
ކ. މާލެ
|
27 ޑިސެންބަރ 2021 | ހޯމަ 13:20
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢުމަރު ޒާހިރު
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢުމަރު ޒާހިރު
ސޯޝަލް މީޑިއާ
ތައުޒިޔާގެ ދަފްތަރު
އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާލަނީ
ދަފްތަރު އާންމު ފަރާތްތަކަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 27ން ފެށިގެން
ދަފްތަރު ހުޅުވާލާފައި އޮންނާނީ ނެޝަނަލް އާޓް ގެލަރީގައި
އުމަރު ޒާހިރު ވަނީ ބައިގަރުނަށްވުރެ ގިނަ ދުވަހު ދިވެހި ރާއްޖެއަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރައްވާފައި

ދެފަހަރެއްގެ މަތިން ދާޚިލީ ވަޒީރުކަން ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާލުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ނިންމައިފިއެވެ.

މި ދަފްތަރު އާންމު ފަރާތްތަކަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 27ން ފެށިގެން ނެޝަނަލް އާޓް ގެލަރީގައެވެ. ޚިދުމަތުގެ ރަން ތާރީޚެއް އޮތް އަލްމަރްޙޫމް ޢުމަރު ޒާހިރު އެންމެ ފަހުން ހިންގެވި ވުޒާރާ އަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްއެވެ. އެއީ 01 ސެޕްޓެމްބަރު 2004 އިން 14 ޖުލައި 2005 އަށެވެ. އަދި 11 ނޮވެމްބަރު 1983 އިން 11 ނޮވެމްބަރު 1988 އަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސަރވިސްގެ މަގާމާއި 11 ނޮވެމްބަރ 1988 އިން 1993 އަށް މިނިސްޓަރ އޮފްހޯމްއެފެއާޒް އެންޑް ސްޕޯޓްސްގެ މަގާމު ވެސް ވަނީ އަދާކުރައްވާފައެވެ.

ދާޚިލީ ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން ކުރެއްވި ޚިދުމަތްތަކުގެތެރޭގައި 2004 ވަނަ އަހަރު ދިވެހި ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ހަމަޖެއްސެވުމާއި ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދެއްވުން ފާހަގަ ކޮށްލެވެއެވެ.

Advertisement

ބައިގަރުނަށްވުރެ ގިނަ ދުވަހު ދިވެހި ރާއްޖެއަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރެއްވި އަލްމަރްޙޫމް ޢުމަރު ޒާހިރު ދާޚިލީ ވަޒީރުކަމުގެ އިތުރުން އަދާކުރެއްވި ސަރުކާރުގެ ބައެއް މުހިންމު މަގާމުތަކަށް ބަލާއިރު މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސްގެ މަގާމާއި މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި އައްޑުއަތޮޅު ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާއާއި މަޖީދިއްޔާ ސްކޫލުގެ ހެޑްމާސްޓަރުކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާގެ މަގާމުގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނާއިބު ކަމާއި މިނިސްޓްރީ އޮފްހޯމް އެފެއާޒްގެ ނާއިބުކަމުގެ މަގާމު ފުރުއްވާފައިވެއެވެ.

އަލްމަރްޙޫމް ޢުމަރު ޒާހިރު ފާހަގަ ކުރެވިފައިވަނީ ޤައުމީ ބޮޑެތި މަސައްކަތްތައް އަމަލީ ގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ވަރަށް ކައިރިން ބައްލަވައި އިރުޝާދު ދެއްވި ބޭފުޅެއްގެ ގޮތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް