ކ. މާލެ
|
27 ޑިސެންބަރ 2021 | ހޯމަ 13:13
އެއް މިލިއަން ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔުން
އެއް މިލިއަން ފަތުރުވެރިޔާއަށް ރާއްޖެއިން މަރުހަބާ ކިޔުން
ޓޫރިޒަމް މިނިސްޓްރީ
ރާއްޖެ އަންނަ ފަތުރުވެރިން
އަނެއްކާވެސް ޑެއިލީ އެރައިވަލްގެ އައު ރެކޯޑެއް
މީގެ ކުރިން 5 ފަހަރެއްގެ މަތިން މި ރެކޯޑު ހަދާފައިވޭ
މިއީ ޑިސެމްބަރު މަހުގެ ތެރޭގައި މި ރެކޯޑު ހެދި 4 ވަނަ ފަހަރު
މިހާރު ވަނީ 1.3 މިލިއަން ފަތުރުވެރިންގެ އަމާޒާ ގާތްކޮށްފައި

ދުވާލެއްގެ މައްޗަށް ރާއްޖެ އައި ފަތުރުވެރިން އިތުރުވެ އާދިއްތަ ދުވަހުގެ އަނެއްކާވެސް އައު ރެކޯޑެއް ހަދައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މިމަހުގެ 26 ވީ އާދިއްތަ ދުވަހު ފަތުރުވެރިންގެ ޑެއިލީ އެރައިވަލްސް ހުރީ 7،098 ގައި ކަމަށެވެ. މިއީ ބޯޑަރު ހުޅުވާލި ފަހުން އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަސް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މިއީ މި މަހުގެ މިހާތަނަށް ހެދި 4 ވަނަ ރެކޯޑެެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 5 ފަހަރެއްގެ މަތިން މި ރެކޯޑު ހަދާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އެއީ އޮގަސްޓު މަހުގެ 7 ވަނަ ދުވަހު 6،083 ފަތުރުވެރިންގެ ރެކޯޑާއި، އޮކްޓޯބަރު 16 ވަނަ ދުވަހު 6،197 ފަތުރުވެރިންގެ ރެކޯޑު، ޑިސެމްބަރު 5 ވަނަ ދުވަހު 6،296 ފަތުރުވެރިންގެ ރެކޯޑު، ޑިސެމްބަރު 19 ވަނަ ދުވަހު 6،715 ފަތުރުވެރިންގެ ރެކޯޑު އަދި ޑިސެމްބަރު 18 ވަނަ ދުވަހު 6،955 ފަތުރުވެރިންގެ ރެކޯޑެވެ.

މި އަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އާދިއްތަ ދުވަހު ޓުއަރިޒަމް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންގާރަ ދުވަހު މި އަމާޒަށް ވާސިލްވެވޭނެކަމުގެ އުންމީދު ބޮޑު ކަމަށެވެ. އެހެންނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދިއުމާއެކު މިއަދު މި އަމާޒަށް ވާސިލްވެވިދާނެކަމުގެ އުންމީދު ބޮޑުކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް