ކ. މާލެ
|
23 ޑިސެންބަރ 2021 | ބުރާސްފަތި 18:36
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފ. ނިލަންދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފ. ނިލަންދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ޕީޕީއެމް
އިންޑިއާ އައުޓް ކެމްޕެއިން
އެމްޑީޕީ މީހުން ހިތުގައި ޖެހިގެން މިއުޅެނީ އިންޑިއާ ފައިބާ ވާހަކަ ދެއްކުމުން: ރައީސް ޔާމީން
އިންޑިއާ އަސްކަރިއްޔާ ބޭރުވާން ބުނުމުން އެކަމާ ހިތުގައި ޖެހިގެން އިންޑިއާ މީހުން އެވާހަކައެއް ނުދައްކާ

އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ފައިބާ ވާހަކަ ދެއްކުމުން އެމްޕީޑީ މީހުން ހިތުގައި ޖެހިގެން އުޅޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އިންޑިއާ އައުޓް ކެމްޕޭނަށް ރައީސް ޔާމީން ފ. ނިލަންދޫއަށް ވަޑައިގެން ބުރާސްފަތި ދުވަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާ އަސްކަރިއްޔާ ބޭރުވާން ބުނުމުން އެކަމާއި ހިތުގައި ޖެހިގެން އިންޑިއާ މީހުން އެވާހަކަ ނުދައްކާ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު އެވާހަކަ ދެއްކެވުމުން ހިތުގައި ޖެހިގެން އުޅެނީ އެމްޑީޕީ މީހުން ކަމަށެވެ.

މި ސަރުކާރުން ގޮތް ނޭނގޭ ވަރަށް ބައިވަރު އެގްރީމަންޓްތަކެއް އިންޑިއާއެކު ހަދާފައިވާ ކަމަށާއި، އެކަމުން ލިބޭނެ ގެއްލުންތައް އަންދާޒާ ކުރަން ދަތިކަމަށް ޔާމީން ވިދާޅުވިއެވެ. އެގްރީމަންޓުގައި ހުރި ވާހަކަތައް ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

މި ސަރުކާރަށް އިންޑިއާގެ އަސްކަރިއްޔާ ބޭރު ނުކުރެވޭކަމަށްވާނަމަ އިދިކޮޅު ކޯލިޝަނާ އެކަން ހަވާލުކުރުމުން އެމީހުން ބޭރުކުރާނެ ކަމަށް ވިދާޅުވެ ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި އަޑު ސަރުކާރަށް ނީވޭކަމަށްވާނަމަ ރައްޔިތުން އެމީހުންގެ ބާރު އިޚްތިޔާރު ކުރާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

އިންޑިއާއަށް ދަތިވެދާނެތީ ސަރުކާރުން ކަންބޮޑުވާ ކަމަށާއި، ވާދަވެރިންގެ ތެރޭގައި ރާއްޖެއަކީ ގުޅަހިފާ ފަސްގަނޑަކަށް ވެގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކަމެއް ނުޖެހެނީސް އިންޑިއާ އަސްކަރިއްޔާއިން މިތާނގައި ތިބުމުގެ ބޭނުމެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާއާއެކު ރާއްޖެއިން ހަދާފައިވާ އެގްރީމަންޓްތައް ލިބޭ ދުވަހަކުން ރައްޔިތުން މަގު މައްޗަށް ނިކުންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެގްރީމަންޓްތަކުގައިވާ ކަންތައްތަކުގައި މައްސަލަ ޖެހޭ ކޮންމެ ވަގުތެއްގައި އެކަން ހައްލު ކުރަން ދާން ޖެހޭނީ އިންޑިއާ ކޯޓަކަށްކަން ޔަގީންވާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް