ކ. މާލެ
|
21 ޑިސެންބަރ 2021 | އަންގާރަ 14:42
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ޝައިޚް ހަސީނާގެ ދަތުރުފުޅު
ޝައިޚް ހަސީނާ ތަގްރީރުކުރައްވާ ޖަލްސާ ބުރާސްފަތި ދުވަހު
 
މި ދަތުރުފުޅުގައި އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައި
 
އެކަމަނާގެ މި ދަތުރުފުޅަކީ ރައީސް ޞާލިޙް މި އަހަރުގެ މާރޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް
 
މި ޖަލްސާ އޮންނާނި ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ތަގްރީރު ކުރައްވާ ޖަލްސާ ބުރާސްފަތި ދުވަހަށް ރައްޔިތުން މަޖިލީހުގައި ތާވަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މި ޖަލްސާ އޮންނާނި ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައި ކަމަށެވެ. މި ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުން ކަމަށެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު އަރުވަން މަޖިލީހުން ފާސްކޮށްފައިވަނީ ހޯމަ ދުވަހު ބޭއްވި ދައުރުން ބޭރުން ބޭއްވި 6 ވަނަ ހާއްސަ ޖަލްސާގައެވެ. ދައުވަތު އެރުވުމަށް ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑއިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު މެންބަރުންނާއި މަޖިލީހުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރުން މި ޖަލްސާގައި ބައިވެރިވެވަޑައި ނުގަންނަވައެވެ.

ޝެއިޚް ހަސީނާ ބައިވެރިވެވަޑައިގަންނަވާ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ވަޒީރުންގެ މަޖިލީހާއި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން 28 ބޭފުޅަކާއި، މިނިސްޓަރުންގެ ފެންވަރުގެ 8 ބޭފުޅަކަށާއި، ޗީފް އޮފް ޑިފެންސް ފޯސް، ކޮމިޝަނަރ އޮފް ޕޮލިސް، ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ވައިސް ޗާންސެލަރ، މާލެ ސަރަހައްދުގެ ކޮންމެ ސްކޫލަކުން ދެ ދަރިވަރުން ހިމެނޭ ގޮތަށް 153 ބޭފުޅުންނަށް ދައުވަތު އެރުވޭނެ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ. އަދި މި ހަފްލާ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރެވިގެންދާނެ ކަމަށް މަޖިލީހުން ބުނެއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގަންނަވާނީ، މި މަހު 22ން 23ށް އެވެ. ޝައިޚް ޙަސީނާގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އަހަރުގެ މާރޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

‎އެ ކަމަނާގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތަޢުލީމަކީ މިހާރުވެސް ދެ ޤައުމުގެ ދެމެދު ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކެވެ. ދެ ޤައުމު ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާއެކު ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރުދަނާވެގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
މިއަދު ސިޔާސީ މަޤާމުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތަކީ ވަންހަނާ، ސިއްރު މައުލޫމާތު: މީކާއީލް
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި