ކ. މާލެ
|
18 ޑިސެންބަރ 2021 | ހޮނިހިރު 17:03
ރައީސް ޔާމީން މިނިވަންވުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އުފާފާޅުކުރަނީ
ރައީސް ޔާމީން މިނިވަންވުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އުފާފާޅުކުރަނީ
ރާއްޖެއެމްވީ
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން
ރައީސް ޔާމީން ކޮމަންޑޫ ދާއިރާއަށް ކުރިމަތިލައްވާކަށް ނުއުޅުއްވާ: ހީނާ
ކޮމަންޑޫ ދާއިރާގެ ގޮނޑި މިވަގުތު އޮތީ ހުސްކޮށް
ރައީސް ޔާމީން އެ ދާއިރާއަށް ކުރިމަތިލައްވަން އުޅުއްވާކަމަށް އެކި ވާހަކަތައް ދަނީ ދެކެވެމުން
މި ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރުކަމަށް ކުރިމަތިލައްވަން އުޅުއްވާ ވާހަކަ، ޕީޕީއެމް ޕީއެންސީގެ ސްޕޯކްސްޕަރސަން ހީނާ ވަލީދު ދޮގުކުރައްވައިފިއެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ ބައި-އިލެކްޝަން، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ބައި އިލެކްޝަން ބާއްވާކަން އިއުލާނުކުރުމާއެކު، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރުކަމަށް ވާދަކުރައްވަން އުޅުއްވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މިކަމާ ގުޅިގެން ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ، ރައީސް ޔާމީން ކޮމަންޑޫ ދާއިރާގެ މެމްބަރުކަމަށް ކުރިމަތިލައްވަން ނުއުޅުއްވާކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން މިބާއްވަނީ އެދާއިރާގައި ހުންނެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. މެމްބަރު ހުސައިން ވަހީދު އަވަހާރަވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ. ހުސައިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، ހޯމަ ދުވަހުގެ މެންދަމު 1:25ހާއިރުއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު،ޑިސެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 ން ފެށިގެން، ޑިސެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 އާ ހަމައަށްވަނީ ހުޅުވާލާފައިވެއެވެ.އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ފޮނުވާނީ،ޑިސެންބަރު 16ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 ން ފެށިގެން، ޑިސެންބަރު 30ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00އާހަމައަށް، އިލެކްޝަންސް ކޮމިޝަންގެ އީމެއިލްއަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، ފެބުރުވަރީ 05ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީފެބުރުވަރީ 10ވާ ބުރާސްފަތި ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތަކާބެހޭ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓްއިން ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.


Advertisement
- ކޮމެންޓް