ކ. މާލެ
|
18 ޑިސެންބަރ 2021 | ހޮނިހިރު 12:58
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން
އެޑިޝަން.އެމްވީ
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން
"ހިތަކަށް ކެތެއް ނުވޭ"
 
ވެރިކަމުގައި ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު ދިނިން

މިފަހަކަށް އައިސް މިނިވަންކަން ދިނުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ވާހަކައިގެ އަޑު ވަނީ ގަދަވެފައެވެ. ތިމަންނާމެންގެ ސަރުކާރުގައި މިނިވަންކަން ދީނީމޭ ބުނާ އަޑުވެސް ވަނީ ގަދަވެފައެވެ.

މިނިވަން ވެވަޑައިގަތުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ އެކި ބައްދަލުވުންތަކުގައި އެމަނިކުފާނުގެ ސަރުކާރުން އިންތިހާއަށް މިނިވަންކަން ހުރިހާ ގޮތަކުން ވެސް ދިން ކަމަށް ވިދާޅުވަމުންނެވެ. ޔާމީނުގެ ވެރިކަމުގައި ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު ދެއްވައި، މިނިވަން ނޫސްވެރިކަން ކުރުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށް ވެސް ވިދާޅުވަމުންނެވެ.

މިއަދު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް އަދި ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތްކަމަށް ރައީސް ޔާމީން ގެންދަވަނީ ވިދާޅުވަމުންނެވެ. އޭގެ އިތުރުން، ރައީސް ޔާމީން ވަނީ ބައެއް ނޫސްތަކަށް އިންޑިއާ އެމްބަސީން ފައިސާ ހަމަޖައްސައިދޭކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. ޔާމީނު ވިދާޅުވީ، މި ސަރުކާރުގައި އޮންލައިން ނޫސްތައް ފިޔަވައި އެހެން ނޫސްތައް އޮންނަންޖެހެނީ "ސަރުކާރުގެ ޖީބުގައި" ކަމަށެވެ.

އެމަނިކުފާނުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ހޯއްދަވައިދެއްވާފައިވާނެ ކަމަށް ރައީސް ޔާމީނު ވިދާޅުވެފައިވާއިރު، އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، 2016 ވަނަ އަހަރު ފާސްކުރި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ދަށުން ގިނަ ނޫސް މީޑިއާތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ. މާޒީއަށް ބަލައިލުމުން މިކަން ސާފުވެގެންދާނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ނޫސްވެރިންނަށް އެކި ގޮތްގޮތުން ކުރިމަތިވަމުން ދިޔަ ދުއްތުރާތަކުގެ ވާހަކައަކީ ގައިމުވެސް ދިވެހިންނަށް އާ ވާހަކަތަކަކަށް ނުވާނެއެވެ. ޚާއްސަ ގޮތެއްގައި ސަރުކާރަށް ފާޑުކިޔައި ކުޑަ ނަމަވެސް ލިއުމެއް ނުވަތަ ވާހަކައެއް ދައްކާ ނޫސްވެރިއެއްނަމަ ކުރިމަތިލާން ޖެހޭ ތަކުލީފުތައް ބޮޑެވެ. އޭގެ މިސާލެއްގެ ގޮތުން އޭރު ރާއްޖެޓީވީން ކުރިމަތިލާން ޖެހުނު ގިނަ ގޮންޖެހުންތައް ފުދެއެވެ.

ނޫސްވެރިންގެ އިތުރުން އެކި ސިޔާސީ ޕާޓީތަކުން ތަނަކަށް އެއްވުމުގެ ފުރުސަތު ވެސް އޭރު ވަނީ އިންތިހާއަށް ހަނިކޮށްފައެވެ. ޔާމީންގެ ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީތަކަށް އެކި ގޮތްގޮތުން ދުއްތުރާތައް ކުރިމަތި ކުރުވިއެވެ.

އެހެންނަމަވެސް ހިތާމައަކީ މިއަދު އެމަނިކުފާނު މިހުރިހާ ކަމެއް ހަނދުމަފުޅު ނެތުމުންނެވެ. އޭރު ކުރިމަތިކުރި ފިއްތުންތަކާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅި ކަން ވެސް ހަނދާން ނެތުމެވެ. ދެންވާނީ ވެސް އެހެންތާއެވެ. އިންސާނުންނަކީ ނިކަން ހަނދާން ބަލި ބަޔެކެވެ. އިއްޔެ ވިކަމެއް މިއަދަކު ހަނދާނެއް ނުހުރެއެވެ. މިއަދު ބުނާ ބަސް މާދަމާ ބުނި ހަނދާނެއް ނުވެއެވެ. މިއަދު ކަންތައްތައް ކުރި ގޮތެއް މާދަމާ ހަނދާނެއް ނުހުރެއެވެ. އެއީކީ މާބޮޑު މައްސަލައެއް ނޫނެވެ.

މީހުން ބުނާތީ އަޑުއަހަމެވެ. ކޮންމެ މީހަކަށް ވެސް އެކަމެއްގެ ހުރި ވޭނާއި ހިތްދަތިކަން އިހުސާސް ވާނީ ޚުދު އެމީހަކަށް އެކަމެއް ދިމާވަމުންނެވެ. މިއަދު ރައީސް ޔާމީންގެ ހާލަކީ ވެސް ހަމަ އެއީއެވެ. މި ސަރުކާރުން އެއްވުންތައް ބޭއްވުމަށް ހުރަސް އެޅުމުން އެމަނިކުފާނަށް އެކަންތައް ބަލައިގަންނަން މިވަނީ އުނދަގޫ ވެފައެވެ. އިދިކޮޅުން ހުކުރު ދުވަހު މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރު ފުލުހުން ހުއްޓުވުމުން، އެންމެފަހުން ގޯސްވީ ދިވެހި ސަރުކާރާއި ފުލުހުންނެވެ. ސައިކަލު ބުރު ފުލުހުންނަށް ހަޖަމު ނުކުރެވުނު ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ ކޯލާ ފުޅިތަކަށް އަޅާފައި ހުންނަ ހަޖަމް ބޭސް ފުލުހުން ބޭނުންކުރަން ޖެހޭ ކަމަށެވެ.

މިއަދު ރައީސް ޔާމީންގެ ހިތްޕުޅަށް ކެތް ނުވިޔަސް ގަބޫލުކުރައްވަން ޖެހޭ ހަގީގަތަކީ އެމަނިކުފާނުގެ ސަރުކާރުގައި އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަން އޮތީ ހަނިކުރެވިފައި ކަމެވެ. ހިތަށް ކެތް ނުވިޔަސް ޖަލްސާއެއްގައި ނުވަތަ އެއްވުމުގައި ތިހެން ދައްކަވާ ވާހަކައަކުން ހަގީގަތެއް ނޯޅޭނެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
14%
0%
0%
71%
14%
0%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!
މަގުމަތީ ގޭނުނީ އިޚުލާސްތެރިން، ވަޒީފާ ލިބެނީ ހިޖުރަވެރިންނަށް!