ކ. މާލެ
|
15 ޑިސެންބަރ 2021 | ބުދަ 22:50
އައު އަހަރުގެ ފުރަތަމަ ދުވަހު އާންމު ރައްޔިތުން މަގުތަކަށް ނުކުމެ
އައު އަހަރުގެ ފުރަތަމަ ދުވަހު އާންމު ރައްޔިތުން މަގުތަކަށް ނުކުމެ
ރާއްޖެއެމްވީ
ކޮވިޑް-19ގެ ހާލަތު
އިތުރު 162 މީހުން ޕޮޒިޓިވް، 2009 އެކްޓިވް ކޭސް ހިމެނޭ!
23 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންދަނީ ފަރުވާ ދެމުން
އަތޮޅުތެރެއިން 118 މީހުން ޕޮޒިޓިވްވެފައިވޭ
އޮމިކްރޯންގެ އިތުރު ހަތަރު ކޭސް ފެނިފައިވޭ

ކޮވިޑް-19ށް އިތުރު 162 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00ށް 4593 ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 162 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 29 މީހުންނާއި، އަތޮޅުތެރެއިން 118 މީހުން އަދި ހިންގަމުންދާ ރިސޯޓުތަކުން 15 މީހުންނެވެ.

އެޗްޕީއޭއިން ބުނީ 2009 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، 23 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންދަނީ ފަރުވާ ދެމުންދާ ކަމަށެވެ.

މިހާތަނަށް 93532 މީހުން ޕޮޒިޓިވްވެފައިވާއިރު، 91251 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އަދި 259 މީހުން މިބަލީގައި ވަނީ ނިޔާވެފައެވެ.

މާލެ ސަރަހައްދުން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓު ކުރެވޭ މިންވަރު މަދު ނަމަވެސް އަތޮޅު ތެރެއިން ފެންނަ ކޭސްތައް ގިނަ އެވެ. އެގޮތުން މިހާތަނަށް 21 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ.

ރާއްޖޭގެ ކޮވިޑްގެ ހަލާތަށް ބަލާއިރު، ކޮވިޑް-19ގެ އައު ވޭރިއެންޓް، އޮމިކްރޯންގެ އިތުރު ހަތަރު ކޭސް ރާއްޖޭން ވަނީ ފެނިފައެވެ. އިތުރު ތަފްސީލް ދެއްވައި އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އޮމިކްރޯނަށް ޕޮޒިޓިވްވެފައި ވަނީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ކަމަށެވެ. އަދި މި މީހުންނަކީ އެފްރިކާގެ ދެކުނު ގައުމުތަކަށް މިފަހުން ދަތުރުކޮށްފައިވާ މީހުން ކަމަށެވެ.

މިކަމާ ގުޅިގެން ރިސްކް އެސެސްމެންޓްތައް މިހާރު ހަދަމުން އަންނަކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތަކާމެދު މިހާރު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

- ކޮމެންޓް