ކ. މާލެ
|
15 ޑިސެންބަރ 2021 | ބުދަ 21:17
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ރާއްޖެއެމްވީ
ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެ އެތެރެވާ މީހުނ
ދެކުނު އޭޝިއާގެ ގައުމުތަކުން އެތެރެވާ ވޯރކް ޕަރމިޓް ހޯލްޑަރުން، އެޗްޕީއޭއިން ކަނޑައަޅާ ތަނެއްގައި ކަރަންޓީނުވާންޖެހޭ ޖެހުން އުވާލައިފި
ވޯރކް ޕަރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު، އެމީހަކު ރާއްޖެއަށް ގެންނަ ފަރާތުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ވާންޖެހޭނެ
ރާއްޖެއަށް އައުމުގެ މަދުވެގެން 1 ދުވަސް ކުރިން ކަރަންޓީނުވާ ތަނުގެ މައުލޫމާތު އެޗް.ޕީ.އޭއަށް އަންގަންވާނެ
ދެން، ރާއްޖެއަށް އެތެރެވާ ވޯރކް ޕަރމިޓް ހޯލްޑަރުން ކަރަންޓީނުވުމުގައި އަމަލުކުރާނީ ދެ ގޮތަކަށް

ދެކުނު އޭޝިއާގެ ގައުމުތަކުން، ވޯރކް ޕަރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ކަނޑައަޅާ ފެސިލިޓީއެއްގައި ކަރަންޓީނުވުމަށް ކަނޑައަޅާފައިވާ ކަނޑައެޅުން އުވާލައިފިއެވެ.

އެކަން ހާމަކޮށް އެޗްޕީއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިގޮތަށް ނިންމުމާ ގުޅިގެން، ކަނޑައެޅިފައިވާ ގޮތުގެ މަތިން ކޮވިޑް-19 ވެކްސިން ފުރިހަމަނުވާ، ރާއްޖެއަށް އެތެރެވާ ވޯރކް ޕަރމިޓް ހޯލްޑަރުން ކަރަންޓީނުވުމުގައި އަމަލުކުރާނީ ދެ ގޮތަކަށް ކަމަށެވެ. އެ ދެ ގޮތަކީ:

- ކޮވިޑް-19ގެ ވެކްސިން ފުރިހަމަވެފައިނުވާ ވޯރކް ޕަރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު، އެމީހަކު ރާއްޖެއަށް ގެންނަ ފަރާތުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނުވުން. ކަރަންޓީނުން ދޫކޮށްލެވޭނީ، 14 ދުވަސް ހަމަވުމުން، ކޮވިޑު-19 އަށް ޓެސްޓް ހަދައި، އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުން.

- މިގޮތުގެ މަތިން ރާއްޖެއަށް އަންނަ ވޯރކް ޕަރމިޓް ހޯލްޑަރުން، ރާއްޖެއަށް އައުމުގެ މަދުވެގެން 1 ދުވަސް ކުރިން ކަރަންޓީނުވާ ތަނުގެ މައުލޫމާތު އެޗް.ޕީ.އޭއަށް އެންގުން.

އެޗްޕީއޭއިން ކަނޑައަޅާ ފެސިލިޓީއެއްގައި ކަރަންޓީނުވާ ގޮތަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. އެދުވަސްވަރަކީ ކޮވިޑް-19ގެ އެންމެ ހަލުވިކަމާއެކު ފެތުރެމުންދިޔަ ޑެލްޓާ ވޭރިއަންޓް އެންމެ ބޮޑަށް ފެތުރެމުންދިޔަ ދުވަސްވަރެވެ.


Advertisement
- ކޮމެންޓް